ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 22:48
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު
އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު
ރައީސް އޮފީސް
އިސްލާމިކް މިނިސްޓަރ
އެމްޑީޕީގެ މެމްބަރަކު އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ހުށަހަޅަނީ
 
އެމްޑީޕީގެ ސާފު އަގުލަބިއްޔަތް މަޖިލީހުގައި އޮތުމުން އެ މަސައްކަތް ކުރެވިދާނެ ކަމަށް މެމްބަރު ގަބޫލުކުރައްވާ
 
މައްސަލަ ހުށަހަޅަނީ ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރަމުންގެންދާ ޝެއިޚުންނާއި ދެކޮޅަށް މިނިސްޓަރ މަސައްކަތް ކުރައްވަމުން ގެންދަވާތީ

އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ، ބިލަތްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެއެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން މެމްބަރު ވިދާޅުވީ އިސްލާމިކް މިނިސްޓަރުގެ އިތުބާރު ނެތްކަމަށް ހުށަހެޅުމަށް ނިންމީ އަމިއްލަ ހައިސިއްޔަތުން ކަމަށާއި، އެއީ ޕާޓީން ނިންމައިގެން ކުރާކަމެއް ނޫންކަމަށެވެ. އަދި އިސްލާމިކް މިނިސްޓަރ މަގާމުން ދުރުކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ނިންމެވީ، ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރަމުންގެންދާ ޝެއިޚުންނާއި ދެކޮޅަށް މިނިސްޓަރ މަސައްކަތް ކުރައްވަމުން ގެންދަވާތީ ކަމަށް މެމްބަރުން ވިދާޅުވި އެވެ.

މެމްބަރު އިޝާރާތް ކުރެއްވީ ދާދިފަހުން ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލު ކުރި ގދ. ތިނަދޫ، ރެޑްސީ މުހައްމަދު ހަސަނަށެވެ.

މެމްބަރު ވިދާޅުވީ ޑރ. އަހްމަދު ޒާހިރަކީ މިނިސްޓަރުކަމުގެ ކުފޫ ހަމަނުވާ ބޭފުޅެއް ކަމަށެވެ. އަދި މެމްބަރު ވިދާޅުވީ ސަލަފް ޖަމިްއޔާއަކީ ހަރުކަށިފިކުރު ރާއްޖޭގައި ފަތުރާކަމުގެ ތުހުމަތު ކުރެވިފައިވާ ބައެއް ކަމަށް އެއްމެންނަށް އެނގޭއިރު، އެ ފިކުރު ނައްތާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޝެއިޚުންނާއި ދެކޮޅަށް މަސައްކަތް ކުރެއްވުމަކީ ގާތްގަނޑަކަށް" އެފަދަ ޖަމިއްޔާއަކާއި އެކު މަސައްކަތްކުރެވުން ކަމަށެވެ.

މެންބަރު އަހްމަދު ހަލީމް ވިދާޅުވީ އެމްޑީޕީގެ ސާފު އަގުލަބިއްޔަތް މަޖިލީހުގައި އޮތުމުން އެ މަސައްކަތް ކުރެވިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިސްލާމިކް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޑރ. އަހުމަދު ޒާހިރުއަކީ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
46%
46%
8%
0%
0%
ކޮމެންޓް
25 ޑިސެންބަރ 2019 | ބުދަ 12:53
ބޮޖޮރޭ
ކަމެއް ރަނގަޅު ކުރަން އުޅޭ މީހަކު ވިއްުޔާ ވާނެ ހުއްޓުވަން. ޥަކިކުރަން. ގޯހެއް ނޫން ތިގޮތްވެސް. ޢެމް ޑީ އެން ކުދިންކޮޅުގެ ފަހަތުގަ ތިބި ގްރޫޕު ރުއްސަން ވާނެ ތާ
25 ޑިސެންބަރ 2019 | ބުދަ 06:48
އަމްރު
އިސްލާމިކް މިނިސްޓަރީގައި ކޮއްމެހެން ދީނީ އިލްމްވެރިއަކު ހުންނަން ނުޖެހޭ!
24 ޑިސެންބަރ 2019 | އަންގާރަ 22:57
އަނެއް
ކީކޭ ދެން ބުނާނީ އެމްޑީޕީ އަކީ އެމީހުންގެ އަނެއް ދިވެހިރާއްޖެ ގެނައުމަށް ހަމަ ކޮންމެފަދަ ކަމެއްވެސް ކޮއްފާނެ ބައިގނޑެކެވެ. މިހާރު މިމީހުން މި ބައެއަތުހިފީ ރާއްޖޭގައިތިބި އެބުނާ ހަރުކަށި ފިކުރުގެ މީހުނާއެވެ.