ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 22:55
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)
ރާއްޖެއެމްވީ
އިދިކޮޅު ކޯލިޝަން
ސަލާމަތީ ކަންކަން ވަރުގަދަކޮށް، ސިފައިން ހަރަކާތްތެރިވާން ފެށުމުން އިދިކޮޅުން ކަންބޮޑުވެއްޖެ
 
ދިފާއީ ބާރުތަކުން ކުރާ ކޮންމެ މަސައްކަތަކަށް އިދިކޮޅު ކޯލިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވި
 
އެލާޓް ސްޓޭޓަސް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ
 
އޮޕަރޭޝަން ހިންގާ ސަބަބު ނޭނގޭތީ ވަނީ ކަންބޮޑުވުންފާޅުކޮށްފަ

އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް "ޔެލޯ 2" މުޅި ރާއްޖެއަށް ނެރެ, ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ ކޮން ސަބަބަކާއި ގުޅިގެންކަން ސާފުނުވާކަމަށް ބުނެ އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ވެގެންއުޅޭ ގޮތެއް ނޭނގި ކުއްލިއަކަށް ހަތިޔާރާއެކީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިފައިން ހަރަކާތްތެރިވަމުންދާތީ ކަންބޮޑުވާކަމަށެވެ. އަދި މިފަދަ އޮޕަރޭޝަނެއް ހިންގާއިރު ރައްޔިތުންނަށް އެ އޮޕަރޭޝަންއަކީ ކޮން މަގުސަދެއްގައި ކުރިއަށްދާ އޮޕަރޭޝަނެއްކަން ވަރަށް ސާފުކޮށް އޮޅުންފިލުވާދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންނޫނީ އެކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދިދާނެކަމަށް އަދުރޭ ވިދާޅުވިއެވެ.

އެނގި ވަޑައިގަންނަވާނެ މިފަދަ ގޮތަކަށް ހަރަކާތްތެރިވުމަކީ މީގެސަބަބުން ރާއްޖޭގެ ވިޔަފާރިއަށާއި އަދި އާއްމު ރައްޔިތުންގެ އާއްމު ދިރިއުޅުމަށްވެސް އޭގެ ސަބަބުން ނޭދެވޭ އަސަރުތައް ކޮށްފާނެ ކަމެއް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އަދުރޭ ވަނީ މި އޮފަރޭޝަން ހިންގަން ޖެހުނު ސަބަބު ރައްޔިތުންނަށް ސާފުކޮށްދިނުމަށް ރާއްޖޭގެ ދިފާއީ ބާރަށް އިލްތިމާސްކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގައުމީ ދިފާއީ ބާރުތަކުން ކުރާ ކޮންމެ މަސައްކަތަކަށް އިދިކޮޅު ކޯލިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވާއިރު ސިފައިންގެ އެލާޓް ލެވެވަލް މަތިކުރެވުނީ ކަނޑައެޅިގެން ވަކި ނުރައްކަލެއް އޮވެގެން ނޫން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެގޮތުން އެލާޓް ސްޓޭޓަސް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށް ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
25%
0%
0%
0%
25%
50%
ކޮމެންޓް