ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 18:59
އެމްއެންޑީއެފް
އެމްއެންޑީއެފް
މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސް
އެމްއެންޑީއެފް
އެމްއެންޑީއެފްގެ އެލާޓް ލެވަލް ބަދަލުކޮށް، މުޅި ރާއްޖެގައި ހަތިޔާރާއެކު ހަރަކާތްތެރިވަނީ
 
އުޅަނދުތައް ބަލައި ފަސްކުރަމުންގެންދާނެ
 
ހަތިޔާރާއެކު އެމްއެންޑީއެފުން ހަރަކާތްތެރިވާނެ
 
އެލާރޓް ނެރެފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް

ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން ގައުމީ ދިފާއީ ބާރުން އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް "ޔެލޯ 2" މުޅި ރާއްޖެއަށް ނެރެފިއެވެ.

އެމްއެންޑީއެފުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، 24 ޑިސެންބަރު 2019 ވާ އަންގާރަ ދުވަހުގެ 19:00 ން ފެށިގެން ދިވެހިރާއްޖޭގެ ޤަޢުމީ ދިފާޢީ ބާރުގެ އެލާޓް ސްޓޭޓަސް މައްޗަށް ޖައްސާ "ޔެލޯ2" އަށް ބަދަލުކުރެވޭނެކަމަށެވެ. އެހެންކަމާއިއެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާނެކަމަށާއި މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދެވޭނެކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިކަމަކީ ޤައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއްކަމަށްވުމާއިއެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެ ކަމަށް ޔަޤީންކުރާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ސިފައިންގެ ވާޖިބު އަދާކުރުމުގައި ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވާކަމަށް ބަޔާނުގައިވެއެވެ.

އެލާޓް ލެވަލްއަށް ބަދަލު ގެނެސް، މުޅި ރާއްޖޭގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފަށާފައިވާއިރު ހައްދުފަހަނަ އެޅި ފިކުރުގެ ފަރާތްތަކުގެ ނުރައްކާ ވަނީ ބޮޑުވެފަ އެވެ. އެގޮތުން ނިމުނު ބުދަ ދުވަހުން ފެށިގެން ފުލުހުންނާއި ސިފައިން އަންނަނީ ރ. މަޑުއްވަރީގައިވެސް ހަރަކާތްތެރިވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
11%
56%
11%
19%
4%
0%
ކޮމެންޓް