ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 17:35
ރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުން ވުމަށް ހުށަހެޅީ 2018 ޑިސެމްބަރު 6 ގަ
ރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުން ވުމަށް ހުށަހެޅީ 2018 ޑިސެމްބަރު 6 ގަ
ރާއްޖެއެމްވީ
ކޮމަންވެލްތު
ރާއްޖެ ކޮމަންވެލްތާއި ގުޅުމަށް އެއްވެސް ޤައުމެއް ދެކޮޅެއް ނޫން
 
ކޮމަންވެލްތުން ވަކިވެފައިވަނީ 13 އޮކްޓޫބަރު 2016 ގައި
 
ކޮމަންވެލްތުގައި ބައިވެރިވުމުގެ މަސައްކަތް ރައީސް ސޯލިހު ވަނީ ސަރުކާރާ ހަވާލުވެވަޑައިގެން ފައްޓަވާފައި
 
ރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުން ވުމަށް ހުށަހެޅީ 2018 ޑިސެމްބަރު 6 ގަ

ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމަށް ދެކޮޅު ނަހަދާކަން ކޮމަންވެލްތުގެ މެމްބަރު ޤައުމުތަކުން އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝާ ސްކޮޓްލެންޑަށް އަންގައިފިއެވެ.

މިކަން ހާމަކުރައްވާ ކޮމަންވެލްތުގެ އެސްޖީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއަށް ފޮނުއްވި ސިޓީގައި ވަނީ މެމްބަރު އެއްވެސް ޤައުމަކުން، ދިވެހިރާއްޖެ އަލުން މެމްބަރަކަށް ވުމަށް ދެކޮޅު ނަހަދާކަމަށެވެ. އަދި އެއީ ކޮމަންވެލްތާއި ރާއްޖެ އަލުން ގުޅުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ގޮތުގައި އޭނާ ފާހަގަކުރައްވާފައިވެއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ 23 ޑިސެމްބަރު 2019 ވަނަ ދުވަހު ރައީސް ސޯލިހު އަށް ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ފޮނުއްވި ސިޓީގައިވަނީ ރާއްޖެއަށް އައި ދެ އެސެސްމަންޓް ޓީމާއި އިލެކްޝަން އޮބްޒަރވޭޝަން މިޝަން ޓީމްތަކުގެ ރިޕޯޓްތައް މެމްބަރު ޤައުމުތަކާއި ހިއްސާކުރެވި، ހުރިހާ ޤައުމަކުންވެސް އެރިޕޯޓްތައް ބަލައިގެންފައިވާކަމަށެވެ. އަދި ދިވެހިރާއްޖެ މިހާރު އޮތީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވުމަށް ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށްފައިކަމަށް ސެކްރެޓަރީ ޖެނެރަލް ފާހަގަކުރައްވާފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ވާގޮތުން ވީހާވެސް އަވަހަކަށް ދިވެހިރާއްޖެއަކީ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށް ހެދުމަށް މެމްބަރު އެހެން ޤައުމުތަކުން ދަނީ ބާރުއަޅަމުންދާ ކަމަށް ވެއެވެ. 2020 ވަނަ އަހަރުގެ ކުރީކޮޅު ކޮމަންވެލްތުގެ ފުރިހަމަ މެމްބަރު ޤައުމަކަށްވެ، 2020 ޖޫންގައި ރުވާންޑާގެ ވެރިރަށް ކިގާލީގައި އޮންނަ ކޮމަންވެލްތު ހެޑްސް އޮފް ގަވަރމަންޓް މީޓިންގައި ކޮމަންވެލްތުގެ ފުރިހަމަ މެމްބަރު ޤައުމެއްގެ ގޮތުގައި ރާއްޖެއަށް ބައިވެރިވެވޭނެ ކަމަށް ވެސް ވެއެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތުގައި ފުރަތަމަ ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި ކޮމަންވެލްތުން ވަކިވެފައިވަނީ 13 އޮކްޓޫބަރު 2016 ގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގައެވެ. ކޮމަންވެލްތުން ވަކިވާން ރައީސް ޔާމީނުގެ ސަރުކާރުގައި ނިންމާފައިވަނީ ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ކޮމަންވެލްތުންކަމަށް ބުނެއެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތުގެ މެމްބަރަކަށް އަލުން ވުމަށް ހުށަހެޅީ 2018 ޑިސެމްބަރު 6 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް