ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 16:26
ކ. ތިލަފުށި
ކ. ތިލަފުށި
ވިކިޕީޑިއާ
ތިލަފުށި
ތިލަފުށީގައި ގާއިމްކުރާ ފެނާއި ނަރުދަމާގެ ސަރވޭ މަސައްކަތް ނިމިއްޖެ
 
2020 ވަނަ އަހަރު ނިމުމުގެ ކުރިން މައްސަލަތަކަށް ހައްލު ލިބޭނެ
 
މުހިންމު މަޝްވަރާތަކެއް ވަނީ ކުރެވިފައި
 
ވަރަށް އަވަހަށް އަމަލީ މަސައްކަތް ފެށޭނެ

ކ.ތިލަފުށީގައި ގާއިމްކުރާ ފެނާއި ނަރުދަމާގެ ސަރވޭ މަސައްކަތް ނިމިއްޖެއެވެ.

ތިލަފުށީގެ މަގުތައް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިގިލީ އިބޫ) ވިދާޅުވީ މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އާއެކު ތިލަފުށީގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރަމުންދާ ކަމަށާއި، މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ތިލަފުށީގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ ކުރިން ހަދަންޖެހޭ ހުރިހާ ސަރވޭގެ މަސައްކަތްތައް ނިމިފައިވާ ކަމަށް އެމްޑީ އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އެމްޑީ އިބްރާހީމް ރަޝީދު ވިދާޅުވީ ތިލަފުށީގައި ގާއިމްކުރާ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ވެސް ދާދި އަވަހަށް ފެނޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ތިލަފުށި ތަރައްގީ ކުރުމުގެ މަސައްކަތް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންއިން ފަށާފައިވާއިރު، 2020 ވަނަ އަހަރު ނިމުމުގެ ކުރިން ތިލަފުއްޓަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލުލިބި ތިލަފުށީގައި މަސައްކަތް ކުރާ މީހުންނަށް އެތައް ތަނަކުން ލުއި ފަސޭކަން ލިބިގެންދާނެ ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް