ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 16:21
ތިލަފުށީގެ މަގުތައް ހެދުމާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ތިލަފުށީގެ މަގުތައް ހެދުމާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖެއެމްވީ
ތިލަފުށި
ތިލަފުށީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް މިއަންނަ އޭޕްރީލް މަހުގެ ތެރޭގައި ފެށޭނެ: އެމްޑީ
 
ވިޔަފާރިވެރިންނަށް ގެއްލުން ލިބޭ
 
ތިލަފުށީގެ މަގުތަކުގެ ހާލަތު ވަރަށް ދަށް
 
މިމަޝްރޫއަށް 40 މިލިއަންއަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ

ކ. ތިލަފުށީގެ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް މިއަންނަ އޭޕްރީލް މަހުގެ ތެރޭގައި ފެށޭނެކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު އަބޫބަކުރު (މާމިގިލީ އިބޫ) ވިދާޅުވެއްޖެއެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް)، ރޯޑް ޑިވެލޮޕްމެންޓް ކޯޕްރޭޝަން ލިމިޓެޑް (އާރްޑީސީ) ތިލަފުށީގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދާނެ ގޮތްތައް ހޯދުމަށް އަންގާރަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގައި ޖީއެމްއައިޒެޑް ފަރާތުން ސޮއިކުރެއްވީ އެމްޑީ އިބްރާހީމް ރަޝީދު އަބޫބަކުރެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އާރްޑީސީގެ މެނޭޖިން ޑައިރެކްޓަރު މޫސާ އަލީ މަނިކެވެ.

ސޮއިކުރުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަމުން އެމްޑީ އިބްރާހިމް ރަޝީދު ވިދާޅުވީ އާރްޑީސީއާއެކު މަސައްކަތް ކުރަނީ ތިލަފުށީގެ މައި މަގުތައް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ކަމަށާއި، ދެކުންފުނި އެއްކޮށް މަސައްކަތްކޮށް ތިލަފުށީގެ މައި މަގުތަކަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯދާނެ ކަމަށެވެ. އަދި 2019 ވަނަ އަހަރު ނިމުމުގެ ކުރިން ތިލަފުށީގެ ބޮޑެތި މަގުތަކަށް ހައްލު ހޯދުމަށް މަސައްކަތް ފެށުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ.

އެމްޑީ އިބްރާހިމް ރަޝީދު ވިދާޅުވީ އެހެން ރަށްތަކާ ހިލާފަށް ތިލަފުށީގެ މަގުތަކުގެ ހާލަތު ވަރަށް ދަށް ކަމަށާއި، އެތަނުގައި މަސައްކަތް ކުރާ މަސައްކަތްތެރިންނަށް ބޮޑެތި ދަތިތަކާއި، ގެއްލުންތައް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ވެހިކަލްތައް ވަރަށް އަވަހަށް ހަލާކުވާކަން އެމްޑީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމްޑީ އިބްރާހިމް ރަޝީދު ވިދާޅުވީ މަގުތައް ހެދުމަށް މިކުރާ މަސައްކަތުގެ ދަށުން، ބޮޑެތި ތިލަފުއްޓަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އެގޮތުން މަގުތަކަށް ފެންފައިބާ ގޮތަށް ހުރި ހޮޅިތައްނަގާ އެހެން ގޮތަކަށް ކާނުގޮތަށްދާ ގޮތަށް ހަދާނެ ކަމަށް އެމްޑީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ފުރާޅަތަކުން ފައިބާ ފެން މަގަށް ދޫކޮށްލުން އެއީ ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.

އެމްޑީ އިބްރާހިމް ރަޝީދު ވިދާޅުވީ މިމަޝްރޫއަށް ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި، އަންނަ އަހަރުގެ އޭޕްރީލްމަހު އެންމެ ލަސްވެގެން އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

ވިއްސާރަ މޫސުމުގައި ކަކޫތާ ފެނުގަ ތިލަފުށީގެ ބައެއް ހިސާބުތަކުގައި އުޅެންޖެހިފައި މިއޮތީ. އެކަމަށް ހައްލެއް ހޯދުމަށް ދަތިވެގެން ގޮސްފައި އޮތް ސަބަބަކީ އަޅުގަނޑުމެން މަގު ރަނގަޅު ކޮށްލާތާ ދެދުވަސް ތެރޭގައި މުޅި އެއްކޮށް ނުކުރާ ކަމަކަށް ބަދަލުވެގެންދާނެ ވިއްސާރަކޮޅެއް ވެހެލާފިއްޔާ. ތިލަފުއްޓަކީ ރާއްޖޭގެ އެހެން ރަށްތަކާ ހިލާފަށް ތިލަފުށި 1 އަދި 2 އެއީ މައިގަނޑު ގޮތެއްގައި ކުނި ބޭނުންކޮށްގެން ހިއްކާފައިވާ ސަރަހައްދަކަށްވާތީވެ ބިން ވަރަށް އަންސްޓޭބަލް.
އިބްރާހިމް ރަޝީދު- އެމްޑީ

އާރްޑީސީގެ މެނޭޖިން ޑައިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވީ ތިލަފުށީގެ މަގުތަކުގެ ހާލަތަކީ ކޮންމެހެން ރަނގަޅު ކުރަންޖެހޭ ކަމަށާއި، ތިލަފުށީގައި ވިޔަފާރި ކުރާ ހުރިހާ ފަރާތްތަކަށް އެންމެ ބޮޑު ގޮންޖެހުމަކީ ތިލަފުށީގެ މަގުތައް ކަމަށެވެ.

ޖީއެމްއައިޒެޑްއާއެކު މިވެނުނު އެއްބަސްވުމުގެ ދަށުން ތިލަފުށީގެ މަގުތައް ތަރައްގީ ކުރާނެ އެންމެ އެކަށީގެންވާ ގޮތަކީ ކޮބައިތޯ ބަލާނެ ކަމަށާއި، އިންޖިނިއަރުންނާއި މަޝްވަރާކޮށް ގޮތެއް ނިންމާނީ އެންމެ އެކަށީގެންވާ ގޮތަށް ކަމަށް މެނޭޖިން ޑައިރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ފެށުމުގެ ކުރިން އިތުރު އެއްބަސްވުމެއްގައި ސޮއިކުރާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް