ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 15:35
ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތަކަށް ކުރިމަތިލުމަށް އާންމު ކިއޫގައި
ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިތަކަށް ކުރިމަތިލުމަށް އާންމު ކިއޫގައި
މާލެ ސިޓީ ކައުންސިލް
ދަތުރުވެރިންގެ މާރުކޭޓް
ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިއަށްއެދި 2624 ފޯމް ލާފައިވޭ: މާލޭ ސިޓީ ކައުންސިލް
 
މަރާމާތަށްފަހު ހުޅުވާއިރު ހުންނާނެ ގޮޅީގެ އަދަދު އަދި ހާމައެއް ނުކުރޭ

މަރާމާތުކުރަން ބަންދުކުރުމަށްފަހު އަލުން ހުޅުވާ، ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިއަށްއެދި ފޯމް ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު 2624 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތުދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އިދާރީ މަސައްކަތްތައް ކަމަށާއި ފުރަތަމަ ކުރިއަށް ގެންދާނީ އެސިސް ކުރުން ކަމަށެވެ. އެމަސައްކަތް ކުރިއަށް ގެންދާނީ މާރުކޭޓާއި ގުޅުންހުރި މިނިސްޓްރީތަކާއިއެކު މަޝްވަރާކޮށް ކުޑަ ކޮމިޓީއެއް އެކުލަވައިގެން ކަމަށް ޝަމާއު ވިދާޅުވިއެވެ.

"އެމަސައްކަތް ކުރިއަށް ގެންދާނީ އެހެން އޮފީސްތަކާއި އެކު ކުޑަ ކޮމިޓީއެއް ހަދައިގެން. އެކަމާއި ގުޅުން ހުރި މިނިސްޓްރީތައް. މިސާލަކަށް ފިޝަރީޒް މިނިސްޓްރީ" ޝަމާއު ވިދާޅުވިއެވެ.

އެހެންކަމުން ގޮޅި ދޫކުރން ފަށާނެ ތާރީޚަކާއި މާރުކޭޓް މަރާމާތަށްފަހު އަލުން ހުޅުވާއިރު ހުންނާނީ ކިތައް ގޮޅިކަން އަދި ފައިނަލް ކުރެވިފައިނުވާކަމަށް ޝަމާއު ވިދާޅުވިއެވެ.

ދަތުރުވެރިންގެ މާރުކޭޓްގެ ގޮޅިއަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލާފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދަތުރުވެރިންގެ މާރުކޭޓު ޚާއްޞަކޮށްފައިވަނީ ދިވެހިން އުފެއްދުންތައް ވިއްކަން ކަމުގައިވީނަމަވެސް، މާރުކޭޓު އަލުން ހުޅުވާއިރު އިމްޕޯޓް މުދާ ވިއްކަން ބޭނުންވާނަމަ އެ ވިޔަފާރިއެއް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓްރީކޮށްގެން އިމްޕޯޓް މުދާ ވިއްކޭނެ ކަމަށް ސިޓީ ކައުންސިލުން ވަނީ މީގެކުރިން ބުނެފައެވެ. އަދި އަލުން ގޮޅިތައް ހުޅުވާއިރު ބިދޭސީން ގެންގުޅެވޭނީ އެ ގޮޅިއެއްގެ ވެރިފަރާތުގެ ނަން މައްޗަށް އެ ބިދޭސީ މީހާ ރަޖިސްޓްރީކުރެވިގެން އެކަނި ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް