ރާއްޖެއަށް ޓޫރިޒަމް ތަޢާރަފު ކުރުމުގެ ގޮތުން، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް އެންމެ ފުރަތަމަ އުފެއްދި ކުންފުންޏަށް ކިޔަނީ "މިއުމަން ޓްރެވަލް އެޖެންސީ" ކަމަށް އެކުންފުނީގެ ވެރިޔާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަޙްމަދު ނަސީމު (ކެރަފާ ނަސީމް) ވިދާޅުވެއްޖެ އެވެ.
ނަސީމަކީ ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފު ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި، އަދި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އެއް ފަރާތެވެ.
"މިކަން ފެށިގެންއައި ގޮތަކީ އަޅުގަނޑާ ދިމާވި ޖޯޖްކޯބިން ކިޔާ މީހެއް. ކޮލަމްބޯގެ އެމްބަސީން، އޭރު ހުސައިން އަލިދީދީ ހުންނެވީ ކޮޅުބުގެ އެމްބަސެޑަރަކަށް. ހުސައިން އަލިދީދީ ވިދާޅުވެއްޖެ ނަސީމް އޭނާއާ ބައްދަލުކޮށްލަބަލާށޭ، އަޅުގަނޑު އެމްބަސީގައި މަޑުކޮށްލީ އޭރު އެމެރިކާގައި ހުރެފަ، އެނބުރި ރާއްޖެދާ މަގުމަތީ، ކުޑަ ދުވަސްކޮޅަކަށް މަޑުކޮށްލީ ބޯޓު އަންނަދެން. ދެން އޭނާ ދިވެހިރާއްޖެއަށް އަންނަން ޝައުގުވެރިވާ ވާހަކަ ދެއްކި. މޯލްޑިވިއަން އެކްސްޕާޓަރުން އަޅުގަނޑުމެން ދެމީހުން އައީ. އޭނަ ހުރީވެސް އަޅުގަނޑުމެން ގޭގައި، މާގިރީގައި،"ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމު (ކެރަފާ ނަސީމް)
ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ފެށުމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެއްކެވީ، ޔުނިވަރސަލް މުޙައްމަދު އުމަރު މަނިކާއި ޗަންޕާ ޙުސައިން އަފީފުގެ އަރިހުގައި ކަމަށް ނަސީމް ވިދާޅުވި އެވެ.
"އަފީފާއި މުހައްމަދު އުމަރު މަނިކާއި އަޅުގަނޑާ ތިން މީހުންވެގެން، އެކަންތައް ކުރިއަށް ގެންދިޔައީ. އޭނާއާއެކީ (ޖޯޖްކޯބިން) މާލެއައިއްސަ އެންމެ ފުރަތަމަ ދިޔައީ، މުހައްމަދު އުމަރު މަނިކާ ބައްދަލުކުރަން. އެއީ އަޅުގަނޑުގެ ވަރަށް ގާތް ރަހުމަތްތެރި ބޭފުޅެއް. މުހައްމަދު އުމަރު މަނިކު ވަރަށް ބޮޑަށް ޝައުގުވެރިވެވަޑައިގެންނެވި މިކަންކުރަން. އެހެންވެގެން ދެމީހުން އެކީގައި ކުންފުންޏެއް އުފެއްދީ،"ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމު (ކެރަފާ ނަސީމް)
ނަސީމް ވިދާޅުވީ، އެދުވަސްވަރު އެބޭފުޅުންނަށް ކުންފުންޏެއް އުފެއްދުމަށް ބޮޑެތި ގޮންޖެހުންތަކާވެސް ދިމާވި ކަމަށެވެ. އެއީ އޭރު ކުންފުންޏެއް އުފެއްދެނީ އުމުރުން 24 އަހަރު ވީމަ ކަމަށްވާތީ، އެބޭފުޅުންގެ އުމުރުން 24 އަހަރު ނުވާތީ، ކުންފުނި ރަޖިސްޓްރީ ކުރެވޭގޮތް ނުވި އެވެ.
"އަޅުގަނޑުމެން ދެމީހުންއެކީ (މުހައްމަދު އުމަރުމަނިކާއެކު) ކުންފުންޏެއް އުފެއްދީ، ކުންފުންޏެއް އިފައްދަންވެގެންބެލިއިރު އަޅުގަނޑުމެންގެ އުމުރުތަން ނުދެތީ، އޭރު 24 އަހަރު ނުވަނީހެއް ކުންފުންޏެއް ނުއުފެއްދެ، އެހެންވީމާ ރެޖިސްޓްރީ ނުކޮށް އަޅުގަނޑުމެންމ އެ ނަންބޯޑާ އެއްޗެހި ބެހެއްޓީ. ނަމަކަށްކީ މިއުމަން ޓްރެވަލްސް އެޖެންސީ އެއީ، މުހައްމަދު އުމަރު މަނިކު، އަހުމަދު ނަސީމް. އެއީ ދިވެހިރާއްޖޭގައި އުފެދުނު ޓްރެވަލް އެޖެންސީ، އަދި ހޮޓެލް އެޖެންސީ،"ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމު (ކެރަފާ ނަސީމް)
އޭރު ރާއްޖޭގައި އިންޓަނެޓެއް، ޓެލެފޯނެއް އަދި ފެކްސް ކުރެވޭނެ ފަދަ އެއްވެސް ވަޞީލަތެއް ނުހުންނަކަމަށާއި އެހެންކަމުން ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވި ކަމަށް ނަސީމް ވިދާޅުވި އެވެ. އެހެންކަމުން ކޮޅުބުން އެޖެންޓެއް ހޯދާ، ސިލޯން ޓުއަރސް ކިޔާ ކުންފުންޏަކާ ގުޅިގެން މަސައްކަތްކުރަމުން ދިޔަކަމަށެވެ.
"އޭރު ރާއްޖެއަށް އަންނާނީ ދެ ފްލައިޓް އަހަރަކު، އެއީ ޓީޗަރުން ރާއްޖެ ގެނައުމަށާއި ޓީޗަރުން ރާއްޖެއިން ގެންދިއުމަށް އަންނަ އެއާރ ސިލޯނުގެ ދެ ފްލައިޓް ކޮންމެ އަހަރަކު ދެ ފަހަރު އަންނާނެ. އަޅުގަނޑުމެން މީހުން ގެންނަން ދަތިވެގެން، އަޅުގަނޑާ ޖޯޖްކޯބީނާ ދެމީހުން ލަންކާއަށް ގޮސް ލަންކާ އެއާރފޯސްގެ މީހަކާ ބައްދަލުކޮށް، އެތަނުގައި އޮތް ބާ ދެ ރެއިލީ ހެރޮން (ފްލައިޓެއް) އެމީހުންނާ ވާހަކަ ދައްކައިގެން އޭތި ތައްޔާރުކުރީ. އެ ބޯޓު ޗާޓަރުކޮށްގެން އަޅުގަނޑުމެން ފުރަތަމަ ޓޫރިސްޓުން ރާއްޖެ ގެންނަން ފެށީ، އެއީ ވަރަށް ކުޑަ، 12 ޝީޓްގެ ފްލައިޓެއް. އެއީ ދެވަނަ ބޮޑު ހަނޑުރާމަ ދުވަސްވަރު ބޭނުންކުރި ފްލައިޓެއް،" ނަސީމް ވިދާޅުވި އެވެ.ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމު (ކެރަފާ ނަސީމް)
ނަސީމް ވިދާޅުވީ ރާއްޖެއަށް އެންމެ ފުރަތަމަ ޓޫރިސްޓުންގެ ގްރޫޕެއް ރާއްޖެގެނެސް ބޭތިއްބީ އެބޭފުޅުންގެ ގެތަކުގައި ކަމަށެވެ. އެގޮތުން ފުރަތަމަ ގްރޫޕުގައި ވެސް 22 ޓޫރިސްޓުން ރާއްޖެ ގެނައި ކަމަށާއި، އެމީހުން ގޮވައިގެން ޑައިވިނާއި ސްނޯކްލިންގ އަދި ކައިރި ދަޅު ރަށްތަކަށް ގެންދިޔަ ކަމަށްވެސް ނަސީމު ވިދާޅުވި އެވެ.
"އޭރު ކޮލިގޭގައި އޮންނާނެ ދެތިން ލޯންޗެއް، އެ ލޯންޗް މައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ބޭނުންކުރީ އެމީހުން ގޮވައިގެން ދަތުރުކުރުމަށް. ދެން ފަރުކޮޅުފުއްޓާއި، ފުރަނަފުއްޓާއި، ވިހަމަމާފުއްޓަށް މައިގަނޑު ގޮތެއްގައި ޓޫރިސްޓުން ގެންދަނީ. ފުރަތަމަ އައި ގްރޫޕްގައި އައީވެސް ޖާނަލިސްޓުންނާއި އެޑްވެންޗަރަސް، އެމީހުން ގޮސް މެގަޒިނެއްގައި ވަރަށް ތަފްސީލްކޮށް ރާއްޖެއާބެހޭ ވާހަކަތައް ލިޔުނީ. ފޮޓޯތަކާއެކު އާފަޔާ ހިލާފަށް ރީތި ތަނެއްގެ ގޮތުގައި އިސްތިހާރުވެގެން ދިޔައީ،"ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމު (ކެރަފާ ނަސީމް)
ރިސޯޓެއްގެ ގޮތުގައި އެންމެ ފުރަތަމަ ހުޅުވުނީ ކުރުނބާ މޯލްޑިވސް (ވިހަމަނާފުށި) ކަމަށާއި އޭގެ ދެ މަސްފަހުން އެބޭފުޅުންނާ ވާދަޔަށް ބަނޑޮސް ރިސޯޓް ހުޅުވި ކަމަށް ނަސީމް ވިދާޅުވި އެވެ. އަހަރެއްހާ ދުވަސް ވީތަނުން ބަނޑޮސް ނުހިންގި ގެއްލުން ވަމުންދާތީ ސަރުކާރުން ބަނޑޮސްވެސް އެބޭފުޅުންނާ ޙަވާލު ކުރެއްވި ކަމަށް ނަސީމް ވިދާޅުވި އެވެ.
ނަސީމް ވިދާޅުވީ އެންމެ ފުރަތަމަ ކުރުނބާ މޯލްޑިވްސްގައި ހެދީ ވަރަށް އާދައިގެ 30 ކޮޓަރި ކަމަށެވެ. އަދި ފުރަތަމަ ޚިދްމަތް ދިނުމުގައި އުޅުއްވީ ވެސް އެބޭފުޅުންކަމަށް ނަސީމް ވިދާޅުވި އެވެ.