ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 19:51
މަރު ކޮމިޝަނުގެ މެމްބަރު ފަރީޝާ އަބްދުﷲ
މަރު ކޮމިޝަނުގެ މެމްބަރު ފަރީޝާ އަބްދުﷲ
ރައީސް އޮފީސް
މަރު ކޮމިޝަން
މިއަހަރު ތެރޭގައި މަރުތަކުގެ ފައިނަލް ރިޕޯޓް ހާމަނުކުރެވިދާނެ: މަރު ކޮމިޝަން
 
މި އަހަރު ތެރޭގައި ރިޕޯޓު ހާމަކުރެވޭނެކަމަށް ގަބޫލުނުކުރެވޭ
 
މައްސަލައިގެ ޝާމިލްވާ ހުރިހާ ފަރާތެއްގެ މައުލޫމާތެއް ފައިނަލް ރިޕޯޓުގައި ހިމެނޭނެ
 
ފައިނަލް ރިޕޯޓު ހާމަނުކުރެވިގެން އުޅެނީ، ފޮރިންސިކް އެނަލައިސިސް ރިޕޯޓް ނުލިބޭތީ

2019 އަހަރު ނިމުމުގެ ކުރިންވެސް މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ތަހުގީގުކުރަމުންދާ ބޮޑެތި މައްސަލަތަކުގެ ފައިނަލް ރިޕޯޓު ހާމަނުކުރެވިދާނެކަމަށް އެ ކޮމިޝަންގެ މެމްބަރު ފަރީޝާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން މަރާލައިފައިވާމީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މަރުތައް ތަހުގީގުކުރާ ކޮމިޝަނުގެ މެމްބަރު ފަރީޝާ އަބްދުﷲ ވިދާޅުވީ މިހާރުވެސް ކޮމިޝަނުން ދަނީ އެ ކޮމިޝަނުން ތަހުގީގުކުރަމުންދާ މައްސަލަތަކުގެ ފައިނަލް ރިޕޯޓު ހާމަކުރުމުގެ މަސައްކަތް ކުރަމުންކަމަށެވެ. ކޮމިޝަނުން އެކި މައްސަލަތަކުގައި މައުލޫމާތު ހޯދުމަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ފަރީޝާ ވިދާޅުވީ، ބައެއް ކޭސްތައް ބަލަމުން އަންނަވަރަކަށް އިތުރު މައްސަލަތަކެއް ތިލަވުމާއެކު އެކަންތައް ޔަގީންކުރުމަށް ގިނަ ވަގުތުތައް ނަގާކަމަށާއި މިހާރުވެސް ބޮޑެތި މަރުތަކުގެ މައްސަލައިގައި ފައިނަލް ރިޕޯޓު ހާމަނުކުރެވިގެން އުޅެނީ ފޮރިންސިކް އެނަލައިސިސް ރިޕޯޓު ނުލިބިގެންކަމަށެވެ.

ފަރީޝާ ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް މައްސަލަތައް އެއީ މީގެ އަހަރުތަކެއް ކުރިން ހިނގާފައިހުރި ކަންތައްތަކަށްވުމާއެކު، ފުލުހުން އޭރުގައި ތަހުގީގު ހިންގާ ނުވަތަ ފޮރިންސިކް ރިޕޯޓު ހެދިނަމަވެސް މައްސަލަތަކުގެ ބާވަތުން އިތުރަށް ޔަގީންކުރުމަށް މަރު ކޮމިޝަނުން އިތުރު ޓެސްޓްތަކެއް ހެދުމަށް ކަމާބެހޭ އިދާރާތަކުގައި އެދެންޖެހުންކަމަށެވެ. ފަރީޝާ ވަނީ އެ ޓެސްޓްތަކަކީ ރާއްޖެއިން ހެދޭ ޓެސްޓްތަކެއް ނޫންކަން ފާހަގަކުރައްވައި އޭގެ ނަތީޖާ ލިބުނުހާ އަވަހަށް ރައްޔިތުންނަށް މަރުތަކުގެ ހަގީގަތް އާންމުކުރާނެކަމަށް ވިދާޅުވެފައެވެ.

ކޮމިޝަނުން ތަހުގީގުކުރާ ހުރިހާ މަރުގެ ހަގީގަތް ހޯދޭނެތޯ ސުވާލުކުރުމުން ފަރީޝާ ވިދާޅުވީ މަރު ކޮމިޝަންގެ މެންޑޭޓް ތެރޭގައި ހިމެނޭ ހުރިހާ މައްސަލަތައް ތަހުގީގުކޮށް، އާއިލާތަކަށް އިންސާފު ހޯދައިދީ އެކަމުގެ ހިމެނޭ ހުރިހާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގިނަގުނަ މަސައްކަތެއް ކުރަމުންއަންނަކަމަށާއި ނަމަވެސް ހަގީގަތް ނުހޯދޭ ނުވަތަ ގިނަ މަސައްކަތައް ފަހުވެސް އެކަމުގެ އެންމެ ސައްހަ މައުލޫމާތު ނުލިބޭ މައްސަލަތައް އެހިސާބުން ނިންމާލާނެކަމަށް ފަރީޝާ ވިދާޅުވިއެވެ. އަދި ކޮމިޝަނުން ގިނަ މައްސަލަތައް ނިމިފައިވާކަން ފާހަގަކުރައްވައި ފަރީޝާ ވަނީ އެހެން އިދާރާތަކުން ކުރަންޖެހޭ ކަންތައްތަކުގެ ލަސްކަން ފާހަގަކުރައްވާފައެވެ.

އަނިޔާވެރިކޮށް މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގެ ފައިނަލް ރިޕޯޓު ނިމިފައިވާކަމަށާއި ހާމަނުކުރެވިގެން އުޅެނީ ފޮރިންސިކް އެނަލައިސިސް މިމަހުގެ ކުރީކޮޅުގައިވެސް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް