ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 17:34
ވީއައިއޭ
ވީއައިއޭ
ޓްވިޓަރ
އެއާރޕޯޓް
ރަންވޭ ސާފުކުރަން ފަނަރަ މިނިޓަށް އެއަރޕޯޓް ބަންދުކޮށްފި
 
މިއީ ގައުމީ ވައިގެ ބަނދަރަށް ބާރުބޮޑު ދުވަސްވަރެއް
 
މިކަމުގެ ސަބަބުން ފްލައިޓްތައް ޑިލޭވެފައިވޭ
 
އެއާރޕޯޓް ބަންދުކޮށްފައިވަނީ ރަންވޭ މަތީގައި ހުރި ޑެބްރީތައް ސާފުކުރުމަށް

ސާފުކުރަން ޖެހިގެން ފަނަރަ މިނިޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ ބަންދުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެމުން އެމްއޭސީއެލްއިން ބުނެފައިވަނީ އެއާރޕޯޓްގެ ހިދުމަތް 15 މިނިޓައް މެދުކެނޑިކަމަށާއި އެއީ ރަންވޭގައި ހުރި "ޑެބްރީތައް" ސާފުކުރުމަށް ކަމަށެވެ. އަދި މިހާރު ކުރިއެކޭ އެއްފަދައިން ހިދުމަތް ލިބެމުންދާނެކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

އާދިއްތަ ދުވަހުގެ ހަވީރު ގައުމީ އެއާރލައިން މޯލްޑިވިއަންގެ ރަސްމީ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓް ވަގުތީގޮތުން ބަންދުކޮށްފައިވާކަމަށާއި އެކަމުގެ ސަބަބުން ފްލައިޓްތައް ޑިލޭވެދާނެކަމަށެވެ. އަދި މޯލްޑިވިއަންއިން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

މި ދުވަސްވަރަކީ ސްކޫލް ޗުއްޓީގެ ދުވަސްވަރުގެ އިތުރުން، ފަތުރުވެރިކަމުގެ އެންމެ ޕީކް ދުވަސްވަރަށް ވުމާއެކު، ފްލައިޓްތައް ޑިލޭވުމުން ކަސްޓަމަރުންގެ ޝަކުވާތައް އިތުރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
22%
0%
0%
11%
0%
67%
ކޮމެންޓް