ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 15:37
ޑރ. މުހައްމަދު އިޔާޒު
ޑރ. މުހައްމަދު އިޔާޒު
ފޭސްބުކް
ހަރުކަށި ފިކުރު
ޓެރަރިސްޓް އަމަލެއް ހިންގާ އެއްވެސް ބަޔަކަށް، އެއްވެސް އިރަކު ހިތްވަރެއް ނުދެން: ޑރ. އިޔާޒު
 
އަލްގައިދާ ލީޑަރު އަދި ޓެރެރިސްޓެއް ކަމަށް ބުނާ އުސާމާ ބިން ލާދިންއަށް އިޔާޒު ތާއީދު ކުރައްވާ ކަމުގެ ތުހުމަތު ކުރެވިފައިވޭ

އެއްވެސް އިރެއްގައި އެއްވެސް ބަޔަކު ހިންގާ ޓެރެރިސްޓް އަމަލުތަކަށް ހިތްވަރުދީފައި ނުވާނެ ކަމަށް ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެ އެވެ.

އިޔާޒު މިހެން ވިދާޅުވީ، އޭނާއަށް ޓެގްކޮށް، "އަނެއްދިވެހިރާއްޖެ" ނަމުގައި ޓްވީޓްކޮށްފައިވާ ފަރާތަކުން ކުރި ޓްވީޓަކާއި ގުޅިގެންނެވެ. "އަނެއްދިވެހިރާއްޖެ" ނަމުގައި ޓްވީޓްކުރި ފަރާތުން ކުރި ޓްވީޓްގައި ވަނީ، ޑރ. އިޔާޒަކީ ކަނޑައެޅިގެން ހަރުކަށި މީހެއް ކަމަށެވެ. އަދި އޭނާ އަބަދުވެސް ފަތުރަނީ ހަރުކަށި ފިކުރު ކަމަށާއި އިޔާޒަށް ވަރަށް ބޮޑަށް ބަލަންޖެހޭ ކަމަށާއި އިޔާޒު ރިހަބިލިޓޭޓް ކުރަން ޖެހޭ ކަމަށް އެ ޓުވީޓްގައި ބުނެފައިވެއެވެ.

ރައްދުގައި އިޔާޒު ކުރެއްވި ޓްވީޓްގައި "އަނެއްދިވެހިރާއްޖެ" ޓެގްކޮށް ވިދާޅުވެފައިވަނީ، އިޔާޒަކީ އެއްވެސް އިރެއްގައި އެއްވެސް ބަޔަކު ހިންގާ ޓެރެރިސްޓް އަމަލުތަކަށް ހިތްވަރު ދޭ، އަދި އެފަދަ ކަންތަކަށް ތާއީދު ކުރާ މީހެއް ނޫން ކަމަށެވެ. އަދި އިރާދަފުޅު ކުރެއްވިއްޔާ ކުރިއަށް އޮތް މުސްތަޤްބަލުގައިވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް އިޔާޒް ވިދާޅުވި އެވެ.

އެޓްވީޓާއެކު އިތުރު ޓްވީޓެއްވެސް އިޔާޒު ކުރައްވާފައިވެއެވެ. މި ޓްވީޓަކީ ވަރަށް "ޒާތީ" ޓްވީޓެއްގެ ގޮތުގައި އިޔާޒަށް ރައްދުދޭ ފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ.

މިފަހަކުން އިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު ބަހުގެ ހަމަލާތަކެއް ވަނީ ބަދަލު ކުރެވިފަ އެވެ. ހާއްސަކޮށް، އިޔާޒު ގެންދަވަނީ ވަރަށް ފާޅުކަން ބޮޑު ގޮތަކަށް "ޒާތީ" ޓްވީޓްތައް ރައީސް ނަޝީދުއަށް ނިސްބަތްވާގޮތަށް ކުރައްވަމުންނެވެ.

ރާއްޖޭގައި އޮތް ހަރުކަށި ފިކުރުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް ރައްޔިތުންގެ މަޖިލީހުންނާއި ސަރުކާރާއި އަދި ކަމާބެހޭ އިދާރާތަކުން މިހާރު ގެންދަނީ މަސައްކަތް ކުރަމުން ނެވެ.

ދީނީ ޖަމިއްޔާއެއް ކަމަށްވާ މަކްތަބާ ސަލަފިއްޔާއިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާ އިން ވަނީ ދުނިޔޭގެ ގައުމުތަކުން ޓެރަރިސްޓެއް ކަމަށް ދެކޭ އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންއަށް ޑރ. އިޔާޒް ތާއީދު ކުރެއްވި ކަމަށް ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް