ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 13:35
މާލެ ސިޓީއަށް ވާރޭ ވެހެމުންދަނީ
މާލެ ސިޓީއަށް ވާރޭ ވެހެމުންދަނީ
މުހައްމަދު ޝަރުހާން
މޫސުން
ވ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލަރޓް ނެރެފި
 
އާދީއްތަ ދުވަހުގެ މެންދުރު 1315 ން 1715 ށް އާ ހަމައަށް ވައިޓް އެލާޓް ވަނީ ނެރެފައި

ވ އަތޮޅުން ފެށިގެން ލ އަތޮޅަށް ވައިޓް އެލަރޓް ނެރެފި އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ބުނީ އެޞަރަޙައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އާދީއްތަ ދުވަހުގެ މެންދުރު 1315 ން 1715 ށް އާ ހަމައަށް ވައިޓް އެލަރޓް ވަނީ ނެރެފައެވެ. މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މެޓް އޮފީހުން ވައިޓް އެލަރޓް ނެރެފައިވާއިރު މިރޭ 8 ޖެހުމާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް