ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 13:34
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ އާއިޝާ ޝުޖޫން
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ އާއިޝާ ޝުޖޫން
ރައީސް އޮފީސް
ޖޭއެސްސީ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރުކަމަށް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން
 
ޖޭއެސްސީގެ ގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި،އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވި

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް، މާފަންނު ކޮކާހަނދުވަރުގެ، އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ޢައްޔަން ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އެމަޤާމަށް މި ހަމަޖެއްސެވީ ސްޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ޙައިޞިއްޔަތުންނެވެ. ޖޭއެސްސީގެ ގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދަށް ހުވާލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރ އަޒްމިރާލްދާ ޒާހިރެވެ.

މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދަށް ވަނީ ޙަވާލު ކުރައްވާފައެވެ.

ޖޭއެސްސީގައި 10 މެންބަރުން ތިއްބަވަން ޖެހޭއިރު މިވަގުތު ޖޭއެސްސީގައި ތިއްބެވީ 7 މެންބަރުންނެވެ. އަލްއުސްތާޛާ ޢާއިޝާ ޝުޖޫން ހަމަޖެހިގެން ދިޔުމުން 8 މެންބަރުން ތިއްބަވާނެ އެވެ. މިހާރު ޖޭއެސްސީގައި ނެތީ ޢާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅުއްވާ މެންބަރާއި ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކޮށްފައިވާ ފަނޑިޔާރެކެވެ. ޖޭއެސްސީއަށް ޢާންމުންގެ ތެރެއިން މީހަކު ކަނޑައެޅުމުގެ މަސައްކަތް މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިން ކޮށްފައިވެ އެވެ. ނަމަވެސް ތަޅުމާ ހަމައަށް އައި އެއްވެސް ނަމެއް ފާސްވެފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
100%
0%
0%
ކޮމެންޓް