ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 13:42
ޖުނައިދު ހަފީޒް
ޖުނައިދު ހަފީޒް
ގޫގުލް
ޕާކިސްތާން
ޕާކިސްތާނުގައި ދީނަށް ފުރައްސާރަކުރި މީހަކަށް މަރުގެ ހުކުމްކޮށްފި
 
ގިނަ ބަޔަކު ދަނީ މި ޝަރީއަތަކީ ބޭއިންސާފުން ހިންގި ޝަރީއަތެއް ކަމަށް ބުނެ، ކަންބޮޑުވުންފާޅުކުރަމުން
 
2013 ވަނަ އަހަރު ފޭސްބުކްގައި ދީނަށް ފުރައްސާރަކޮށް ޕޯސްޓު ކޮށްފައިވޭ

ޕާކިސްތާނުގައި ދީނަށް ފުރައްސާރަކުރި މީހަކަށް މަރުގެ ހުކުމްކޮށްފިއެވެ.

ޖުނައިދު ހަފީޒް ނަމަކަށް ކިޔާ ޕާކިސްތާނުގެ މުލްޓާން ސިޓީގައި ހުންނަ " ބަހައުއްދީން ޒަކަރިއްޔާ ޔުނިވަރސިޓީ"ގެ ލެކްޗަރަރ ގެ މައްޗަށް މަރުގެ ހުކުމް ކޮށްފައިވަނީ ރަސޫލާ މުހައްމަދު صلى الله عليه وسلم އަށާއި ކީރިތި ޤުރުއާނަށް ބަދު ބަސް ބުނެ، އަދި 2013 ވަނަ އަހަރު ފޭސްބުކްގައިވެސް ދީނަށް ފުރައްސާރަކޮށް ޕޯސްޓު ކޮށްފައިވާތީއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާގޮތުން މުލްތާންގެ ކޯޓުން އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ދިގު އަޑުއެހުމެއް ބޭއްވުމަށްފަހުއެވެ. އޭނާގެ ޝަރީއަތުގެ އަޑުއެހުންތައް ފަސްކޮށް، މައްސަލަ ބަލާ ފަނޑިޔާރުވެސް އެކި ފަހަރު މަތިން ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

2013 ވަނަ އަހަރުއްސުރެ ހަފީޒް ހުންނަނީ މީހުންނާއި ދުރުގައި، އެއްވެސް މީހަކާއި މުއާމަލާތް ނުކުރެވޭގޮތަށް ބަންދުކޮށްފައެވެ. އެގޮތުން އޭނާގެ ވަކީލު ބުނެފައިވަނީ އޭނާ ބަންދުކޮށްފައިވާ މާޙައުލުގެ ސަބަބުންނާއި، މީހަކާއި މުއާމަލާތް ނުކުރާތާ ގިނަ އަހަރުތަކެއް ވުމުގެ ސަބަބުން ވާހަކަދައްކަން ވެސް އޭނާއަށް އުނދަގޫ ކަމަށެވެ.

ގިނަ ބަޔަކު ދަނީ މި ޝަރީއަތަކީ ބޭއިންސާފުން ހިންގި ޝަރީއަތެއް ކަމަށް ބުނެ، ކަންބޮޑުވުންފާޅުކުރަމުންނެވެ. މި ކަންބޮޑުވުންތަކަށް ރައްދުދީ މި މައްސަލަ ބެލި ގާޒީ ވިދާޅުވެފައިވަނީ މިއީ ވަރަށް އިންސާފުވެރި ޝަރީއަތެއް ކަމަށެވެ.

ދީނަށް ފުރައްސާރަކުރުމުގެ މައްސަލައިގައި ޕާކިސްތާނުގައި 1990 ވަނަ އަހަރުން ފެށިގެން މިހާތަނަށް 75 މީހަކު މަރާލާފައިވާ ކަމަށް އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ދީނަށް ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ މީހުންނާއި އެމީހުންގެ އާއިލާ މީހުންގެ އިތުރުން މައްސަލަ ބަލާ ފަނޑިޔާރުންނާއި ވަކީލުންވެސް މަރާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
5%
77%
9%
5%
0%
5%
ކޮމެންޓް