ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 09:18
ފަނޑިޔާރު ޝުޖާއު އުސްމާން
ފަނޑިޔާރު ޝުޖާއު އުސްމާން
ގޫގުލް
ޝުޖާއުއަށް މަރުގެ އިންޒާރު ދިނުން
ފަނޑިޔާރު ޝުޖާއުއަށް މަރުގެ އިންޒާރުދިން މީހާ ދޫކޮށްލައިފި
 
އޭނާ ދޫކޮށްލާފައިވަނީ ޝަރުތުތަކަކާއި އެކު
 
އޭނާ ދޫކޮށްލާފައިވަނީ ހޮނިހިރު ދުވަހުގެ ރޭ

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނަށް މަރުގެ އިންޒާރުދިން މީހާ ދޫކޮށްލައިފިއެވެ.

ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންޒާރު ދިން މީހާ ހޮނިހިރު ދުވަހުގެ ރޭ ކ. ހުރާ މެޖިސްޓްރޭޓް ކޯޓުން ވަކި ޝަރުޠުތަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކޮން ޝަރުޠުތަކެއްކަމެއް ހާމައެއް ނުކުރައްވައެވެ.

އިސް ފަނޑިޔާރު އުޘްމާނަށް އިންޒާރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ކ. މާފުށި، ވައިޓްފިޝް، އަލީ މުރުތަޟާ ނަމަކަށް ކިޔާ 50 އަހަރުގެ މީހެކެވެ. ފުލުހުން ތަހުޤީޤު ކުރަމުންދާ އެމައްސަލާގައި ހައްޔަރު ކުރުމުގެ ޢަމުރަކަށް އެދުމުން އެ ޢަމުރު ނެރެދީފައިވަނީ މާލެ އަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓުން ނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
0%
0%
0%
0%
50%
ކޮމެންޓް