ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 09:21
އިލެކްޝަންސް މިކިޝަންގެ މެންބަރުން
އިލެކްޝަންސް މިކިޝަންގެ މެންބަރުން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓަށް މިހާތަނަށް 9 ޝަކުވާއެއް ލިބިފައިވޭ: އަކްރަމް
 
އެއްވެސް ޝަކުވާއެއް އޮތްނަމަ އީސީއަށް ފޮނުވުމަށް އެ ކޮމިޝަނުން ވަނީ އެދިފައި
 
މިހާތަނަށް ޝަކުވާ ހުށަހަޅާފައިވަނީ އައްޑޫ ސިޓީން ކަމަށް އީސީން މައުލޫމާތުދޭ
 
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހޯމަ ދުވަހާއި ހަމައަށް

އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 9 ޝަކުވާ އެއް ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އީސީގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ ލޯކަލް ކައުންސިލުތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބު 2020 އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިދިޔަ ހުކުރު ދުވަހު ހުޅުވާލާފައިވާއިރު މިހާތަށް ނުވަ ޝަކުވާ އެއް ލިބިފައިވާ ކަމަށާއި އެ ޝަކުވާތައް ހުށަހަޅާފައިވަނީ އައްޑޫ ސިޓީ އާއި އައްޑޫ ސިޓީގެ ދާއިރާތައް ބެހުމާއި ގުޅޭގޮތުން ލިބިފައިވާ ޝަކުވާ ތަކެއް ކަމަށެވެ.

ޚާއްސަ ގޮތެއްގައި އެ ޝަކުވާތަކުގެ ތެރޭގައި ގިނައީ އަންހެނުންގެ ގޮނޑި ކަނޑައެޅުމާއި ގުޅޭ ގޮތުން ލިބިފައި ހުރި ޝަކުވާތައް ކަމަށް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އީސީއަށް ހުށަހެޅޭ ޝަކުވާތައް ބާކީ ނުކޮށް އެ ޝަކުވާތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އީސީއަށް ޝަކުވާއެއް ހުށަހަޅައިފިކަމުގައިވާނަމަ އެ ޝަކުވާއެއް ބާކީއެއް ނުކުރާނަން. އެ ޝަކުވާ އާއި ގުޅޭ ގޮތުން އަޅުގަނޑުމެން މަޝްވަރާ ކުރާނަން. އެ މަޝްވަރާ ކުރުމަށްފަހު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފްތާ ތެރޭގައި ފައިނަލް ރިޕޯޓް ނެރޭނީ. ރިޕޯޓް ނެރުމުގެ ކުރިން ހުރިހާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތަކަށް އަޅުގަނޑުމެން ޖަވާބުދޭނަން
އީސީގެ ނައިބް ރައީސް އަހުމަދު އަކްރަމް

ވީހާވެސް ގިނަ ރައްޔިތުން ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާއެއް ފޮނުވަމުން ގެންދެވުމަށް އީސީން ވަނީ އެދިފައެވެ.

އީސީން ބުނީ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިޚާބާ ބެހޭ މަރުކަޒު (ބައު ޖަމާލުއްދީން) އިން ކަމަށެވެ. އަދި އަދި ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް ([email protected]) ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. މި ކަމަށްޓަކައި ސަރުކާރު ބަންދު ދުވަސް ތަކުގައި ވެސް އޮފީސް ހުޅުވިފައި ހުންނާނެ ކަމަށް އީސީން މަޢުލޫމާތު ދެއެވެ.

ލޯކަލް ކައުންސިލުތަކުގެ އިންތިޚާބު ބޭއްވުމުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުންދާއިރު، އިންތިޚާބު ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް