ކ. މާލެ
|
22 ޑިސެންބަރ 2019 | އާދީއްތަ 09:43
އީސީގެ މެމްބަރުންތަކެއް
އީސީގެ މެމްބަރުންތަކެއް
އިލެކްޝަންސް ކޮމިޝަން
ފަލަ ސުރުޚީ
ރާއްޖޭގެ ތާރީޚުގައި މުޅިން އަލަށް ވޯޓުލާ މަރުކަޒުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ބޫތު ތަކެއް ބަހައްޓަނީ
 
ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ''އަތުގެ އިޝާރާތުން'' ހިންގުމަށް ނިންމާފައިވޭ
 
ލާމަރުކަޒީ ގާނޫނާއި އެކު ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވި
 
ގައުމީލަފާދޭ ކޮމިޓީއާއި އެކު މުހިއްމު މަޝްވަރާ ބައްދަލުވުން ތަކެއް ބޭއްވެމުންދާ ކަމަށް ވިދާޅުވީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގަ ވޯޓުލާ މަރުކަޒުތަކުގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކައް ޚާއްޞާ ބޫތުތަކެއް ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިސީން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީމް މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އީސީން އިންތިޚާބަށްވަމުން އަންނަ ތައްޔާރީތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގުރާމުގައި ހިއްސާކުރައްވަމުން، އީސީގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ، އިންތިޚާބުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ނިންމާލެވެނީ އިންތިޚާބުތަކާއި ބެހޭ ޤައުމީ ލަފާދޭ ކޮމިޓީގެ އިރުޝާދާއި، އެހީތެރިކަމާއި އެކު ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށްވެސް ޤައުމީ ލަފާދޭ ކޮމިޓީގެ އެހީތެރިކަން ލިބެމުންދާކަން ފާހަގަކުރައްވަމުން އީސީގެ ތަރުޖަމާނު ވިދާޅުވީ، މަޖިލީސް އިންތިޚާބުން ފެށިގެން އެ ކޮމިޓީގައި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއްވެސް ހިމަނާފައިވާ ކަމަށެވެ.

އެ ޖަމްޢިއްޔާގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލަމުން އަކްރަމް ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ވޯޓުލާ މަރުކަޒުގައި ޚާއްޞަ ބޫތެއް މި ފަހަރުގެ އިންތިޚާބުގައި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. އީސީން އެ ނިންމުން ނިންމާފައިވަނީ، ކޮމިޝަނުން އެކަމާއި ބެހޭ ގޮތުން މަޝްވަރާކޮށް، ޤައުމީ ލަފާދޭ ކޮމިޓީގެ ލަފާގެ މަތިންނެވެ.

އަކްރަމް ވިދާޅުވީ އިންތިޚާބާއި ގުޅިގެން ޙަރަކާތްތައް ކުރިޔަށްގެންދާއިރު، އަޑުއެހުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ފަހުމު ވާގޮތައް ''އަތުގެ އިޝާރާތުން'' ވެސް ކުރިޔަށްގެންދާނެކަމަށެވެ.

އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަގުބަލެއްގައި އަޅުގަނޑުމެން ރައްޔިތުންނަށް މައުލޫމާތު ދޭން މި ޕްރޮގްރާމް ތަކުގައި އިލެކްޝަން ކޮމިޝަންގެ ބޭފުޅަކާއި އެކު އަޑުއެހުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ދައްކާ ވާހަކަ ފަހުމްކޮށް ދިނުމަށްޓަކައި
އަހުމަދު އަކްރަމް ~ އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް

ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވި ލާމަރުކަޒީ ޤާނޫނާއެކު ލޯކަލް ކައުންސިލް އިންތިޚާބަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އަކްރަމް ވަނީ ވިދާޅުވެފައެވެ. އީސީން ބުނީ، އެކޮމިޝަނުގެ މަޝްވަރާތަށް ރައްޔިތުންނާ ހަމަޔަށް ގެނެސްދިނުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ ފަރާތަކީ ޤައުމީ ލަފާދޭ ކޮމިޓީ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
50%
0%
0%
0%
0%
50%
ކޮމެންޓް