Advertisement
ކ. މާލެ
|
21 ޑިސެންބަރ 2019 | ހޮނިހިރު 19:22
ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން
ރާއްޖެއެމްވީ
ޝުޖާއުއަށް މަރުގެ އިންޒާރު ދިނުން
އިސް ފަނޑިޔާރު ޝުޖާއުއަށް މަރުގެ އިންޒާރުދިނީ އެމްޑީޕީގެ މެމްބަރެއް!
އިސް ފަނޑިޔާރު ޝުޖާއުއަށް މަރުގެ އިންޒާރު ދީފައިވަނީ ކ.މާފުށީގައި ހުންނަވަނިކޮށް
މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ، އަލީ މުރުތަޟާ ނަކަމަށް ކިޔާ މީހެއް
އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައި

ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންއަށް މަރުގެ އިންޒާރުދިނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ނިސްބަތްވާ މެމްބަރެއްކަން ރާއްޖެއެމްވީއަށް އިނގިއްޖެއެވެ.

އިސް ފަނޑިޔާރު އުސްމާނަށް އިންޒާރުދިން މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ކ. މާފުށި، ވައިޓްފިޝް، އަލީ މުރުތަޟާ ނަމަކަށް ކިޔާ 50 އަހަރުގެ މީހެކެވެ. ފުލުހުން ތަހުގީގު ކުރަމުންދާ އެމައްސަލާގައި ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމުން އެ އަމުރު ނެރެދީފައިވަނީ މާލެ އަތޮޅު ކާށިދޫ މެޖިސްޓްރޭޓް ކޯޓުން ނެވެ.

Advertisement

އެއަމުރުގައި ވާގޮތުން، އޭނާ ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން އެެދިފައިވަނީ، މިމަހުގެ 20 ވަނަ ދުވަހުގެ ހަވީރު 17:15 ހާއިރު، ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާންގެ ގައިގައި ޖަހާ، މާރާމާރީ ހިންގާނެ ކަމަށާއި، މަރާލާނެ ކަމަށްބުނެ، އަލީ މުރުތަޟާ އިންޒާރުދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ ކަމަށެވެ.

އެއަމުރާ ގުޅިގެން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. އިސް ފަނޑިޔާރަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ މައްސަލައިގައި ޝާމިލްވާ ބަޔަކަށް ހައްގު އަދަބު ދިނުމަށް ގޮވާލާ ހައި ކޯޓުން ވަނީ ބަޔާނެއްވެސް ނެރިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
21 ޑިސެންބަރ 2019 | ހޮނިހިރު 21:19
ޔަގީން ކަތީބު
ހާދަ ކައިރި ރަށަކުން