ކ. މާލެ
|
21 ޑިސެންބަރ 2019 | ހޮނިހިރު 23:12
ޑރ. އިޔާޒް
ޑރ. އިޔާޒް
އައްޑޫ ލައިވް
ޑރ. އިޔާޒް
ޑރ. އިޔާޒުގެ ހޫނު ރައްދެއް މަކްތަބާ ސަލަފިއްޔާ އަށް!
 
އިޔާޒު ވަނީ އެ ޖަމްއިއްޔާގެ ވާހަކަތަކަށް ފާޑު ވިދާޅުވެފައި
 
މަކްތަބީ ސަލަފިއްޔާއިން ވަނީ އިޔާޒަށް ތުހުމަތުތަކެއް ކޮށްފައި

ރާއްޖޭގައި ހިންގާ ދީނީ ޖަމާއަތެއް ކަމަށްވާ މަކްތަބާ ސަލަފިއްޔާއިން ޑރ. މުހައްމަދު އިޔާޒުއާ ގުޅުވައިގެން ދެއްކި ވާހަކަތަކަށް އޭނާ ރައްދުދީފިއެވެ.

މަކްތަބާ ސަލަފިއްޔާ އިން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ދީނީ އިލްމުވެރިޔާ މުހައްމަދު ހަަސަން ވިދާޅުވީ، ޑރ. އިޔާޒަކީ އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންގެ ފިކުރުތަކަށް ތާއިދުކުރާ މޭރުމުން ވާހަކަ ދައްކަވާ ބޭފުޅެއް ކަމަށެވެ.

އެ ޖަމްއިއްޔާގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިޔާޒު ވަނީ ޓްވީޓަކަށް ފަހު ޓްވީޓެއް ކޮށްފައެވެ. އެގޮތުން ކުރި ޓްވީޓެއްގައި އޭނާ ވިދާޅުވީ، މީސްތަކުން ''ކެޓަގަރައިޒް''ކޮށް ތިމަންނަމެންގެ ފިކުރާއި ދިމާނުވާ ބަޔަކާއި ހަތަރު ކަޅިހަމަނުކޮށް، ސަލާމް ގޮވިޔަސް ބަލައިނުގަނެ މޫނު އަނބުރާލާ މަކްތަބާ ސަލަފިއްޔާގެ ބޭފުޅުންގެ އަމަލުތަކަކީ އެއްވެސް ގޮތަކުން އިސްލާމީ އުސޫލަށް ފެތޭ ކަމެއް ނޫން ކަމަށެވެ.

އިތުރު ޓްވީޓެއްގައި އިޔާޒު ވިދާޅުވީ، އެއް މުސްލިމަކާއި ބައްދަލުވާހިނދު ސަލާމް ކޮށްލައިފިނަމަ އެކަމުން ވަރަށް މަތިވެރި ދަރުމަ ލިބޭ ކަމަށެވެ. މޫނުމަތީގައި ހިނިތުންވުމަކީ ސަދާގަތަކަށް ވިޔަސް ''ކުނި މޫނު'' ދައްކައިގެން މީސްތަކުން މަންހަޖުން ބޭރުކޮށް ދީނީ ދައުވަތު ފުނޑާލަން ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ.

ޓްވީޓް ނިންމަވާލައްވަމުން އިޔާޒު ވަނީ، ފިތުނަ ފަސާދަ އުފައްދަން ނޫޅެ އިސްލާހުގެ މަގު އިހްތިޔާރު ކުރުމަށް މަކްތަބީ ސަލަފިއްޔާ އަށް ނަސޭހަތްތެރިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
50%
17%
4%
13%
11%
4%
ކޮމެންޓް
23 ޑިސެންބަރ 2019 | ހޯމަ 16:50
މާޒީ
މި އިޔާޒުގެ ކަންތައްގަނޑު ހާދަ ހާ ބޮޑުވެއްޖޭދޯ މި ޤައުމަށް. މީނަ މި އުޅެނީ މި ޤައުމުގައި ދީނީގޮތުން ފިތުނަފަސާދަ އުފައްދަން ވެގެން. މިއޮތް އަމާން ޤައުމު ނާމާންކުރާ ބޮޑު ވަބާއަކަށް މީނާ ވެއްޖެ.
22 ޑިސެންބަރ 2019 | އާދީއްތަ 17:45
ސިރާޖު
ޢަދީބް ބުރޯ އަތުން ފަޢިސާ ނަގާ ޓީވީ ޗެނަލަކަށް އަރާ މޮޔަގޮވި ކަމަށް ބުނޭ ތިނަދޫ ހަސަނު ދިރި އުޅުމަށް ވަޒީފާ އެއއއށް މަސެށް ކަތެށް ކުރޭބާ މުޅިން ހިހޫތަނުން.
22 ޑިސެންބަރ 2019 | އާދީއްތަ 15:49
ޢެނގޭ މިހާ
މުހައްމަދު ހަސަނަކީ އަބަދުވެސް އޭނަ ގަބޫލުކުރާ އެއް ގޮތެއްގ ހުންނަ މީހެއް. ޢެއިރެއްގަ އޮންނަ ސިޔާސީ އޮއިވަރެއްގަ ޖެހި ބަސް ބަދަލުކުރާ މިހެއްނޫން
22 ޑިސެންބަރ 2019 | އާދީއްތަ 15:48
ދުރުން ބަލާ މީހެއް
ޥާހަކަ އެއް ދައްކާނަމަ ދައްކަންވަނީ ހެއްކަ ގަރީނާ އާއެކު. މުޙައްމަދު ހަސަނ މެން އެބުނީ ހަރުކށި ފިކުރަށް ތާއީދު ކުރަނީ ތިމަންނަމެއްނެއް ނޫނޭ. ޢެކަމަށް ތާއީދުކޮށް ވާހަކަ ދައްކާ ފަ ތިބީ އެވެނި ބަޔެކޭ. ޙެކި މިހިރީއޭ. ޢޭގަ އެމީހުން ކުރި ގޯސް ކަމެއް މަށަކަށް ނު ފެނޭ
22 ޑިސެންބަރ 2019 | އާދީއްތަ 15:44
ކޮސް
ޢިޔާޟް އަށް ކުރި ތުހުމަތު ދޮގު ނުކުރީ ކީއްވެބާ؟ އަނެއްކާ ތެދަކީތަ؟