ކ. މާލެ
|
21 ޑިސެންބަރ 2019 | ހޮނިހިރު 18:26
ފުލުހުން މ. ލޮނުމިދިލިގޭގައި ހިންގި އޮޕަރޭޝަންގެ ތެރެއިން
ފުލުހުން މ. ލޮނުމިދިލިގޭގައި ހިންގި އޮޕަރޭޝަންގެ ތެރެއިން
ރާއްޖެއެމްވީ
ޑްރަގް އޮޕަރޭޝަން
މަސްތުވާން ބޭނުންކުރާ ''އައްޑާ'' އަކުން އަނެއްކާވެސް ބަޔަކު ހައްޔަރުކޮށްފި
 
ފުލުހުން ދަނީ މަސްތުވާތަކެތި އަތުލައިގަތުމަށް އޮޕަރޭޝަންތަކެއް ހިންގަމުން
 
ހައްޔަރު ކުރި މީހުންގެ މައުލޫމާތު ހާމައެއް ނުކުރޭ

މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް، އެ ބޭނުންކުރެވޭނެ ހިދުމަތްތައް ފޯރުކޮށްދޭ އައްޑާއެއް ރެއިޑްކޮށް، އަނެއްކާވެސް ބަޔަކު ހައްޔަރުކޮށްފިއެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުން ފުލުހުން ބަލާފާސްކޮށްފައިވަނީ މ. އެވަރެސްޓް އެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މ. އެވަރެސްޓް ގެއިން ބަޔަކު ހައްޔަރު ކޮށްފައިވާއިރު، މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންގެ ހިންގާ އޮޕަރޭޝަންގެ ތެރެއިން ފުޅާ ދާއިރާއެއްގައި "ކެފޭ އުސޫލުން" މަސްތުވާތަކެތީގެ ހިދުމަށްދޭ ގިނަ ގެތަކެއް ފާސްކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުވެސް ކޮށްފައިވެއެވެ.

ޑްރަގް އޮޕަރޭޝަންގައި ފާސްކޮށްފައިވާ ގެތަކަކީ ފުޅާދާއިރާއެއްގައި ''ހައި ސެކިއުރިޓީ'' އާއެކު މަސްތުވާތަކެތި ބޭނުންކުރުމުގެ "ހިދުމަތްތައް" ފޯރުކޮށްދެމުންދާ ތަންތަނެވެ. އަދި އެ ތަންތަނަކީ ސީދާ އެކަމަށް ހާއްސަކޮށްގެން ހަދާފައިވާ ތަންތަނެވެ.

މި ޑިސެމްބަރު މަހުން ފެށިގެން ފުލުހުން ކުރިޔަށްގެންދާ އޮޕަރޭޝަންގައި، މިހާތަނަށް 33 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. މިތަނުން އެއް ބަޔަކު ކޯޓުންނާއި ފުލުހުން ދޫކޮށްލާފައިވާއިރު، މިހާރު ހައްޔަރުގައި ތިބީ ކިތައް މީހުން ކަމެއް ކަށަވަރެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
9%
62%
2%
9%
7%
11%
ކޮމެންޓް
21 ޑިސެންބަރ 2019 | ހޮނިހިރު 22:52
އަލީ ، މާލެ
ޗައިނާ އެމްބަސީ ގޯޅި ތެރޭގައި ހުރި ސައިތަށި ހޮޓާ އާއި ޖެހިގެން ހުރި ގޯޅި ގަނޑުގައި ހުރި ތަން ބަލާފާސް ކުރުން އެދެން. އެއީ މަސްތުވާތަކެތީގެ ވިޔަފާރި ވަރަށް ގިނައިން ކުރާ ތަނެއް. މީގެ ކުރިން ވެސް އެތަން ރެއިޑު ކޮށް މަސްތުވާތަކެއްޗާއި ބަނގުރާ ވަނީ އެތަނުން ހޯދާފައި.