ކ. މާލެ
|
21 ޑިސެންބަރ 2019 | ހޮނިހިރު 18:46
ހައްވާ އަލީ
ހައްވާ އަލީ
ފޭސްބުކް
އުމްރާގެ އަޅުކަން
އުމްރާގެ އަޅުކަމުގައި ހުއްޓާ ހާލު ދެރަވި މީހާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަނީ
 
އެމްބަސީގެ އޮފިޝަލުން ވަނީ ހައްވާގެ އާއިލާއާ ބައްދަލުކޮށްފައި
 
އާއިލާއިން ދަނީ ހައްވާ އަލީ ގެނައުމުގެ މަސައްކަތް ކުރަމުން
 
އަނިޔާވީ ފަޔަށް

އުމްރާ އަޅުކަަން އަދާކުރަމުން ދަނިކޮށް ލިބުނު އަނިޔާއަކާއި ގުޅިގެން ހާލު ދެރަވި އަންހެން މީހާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އުމްރާގެ އަޅުކަން އަދާކުރަމުން ދަނިކޮށް ހާލު ދެރަވީ ތ. ގުރައިދޫ އަށް ނިސްބަަތްވާ އުމުރުން 79 އަހަރުގެ ހައްވާ އަލީ ނަމަކަށް ކިޔާ މީހެކެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މި ހިނގާ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު މަދީނާގައި ހުންނަ ހޮޓަލަށް ދަނިކޮށް ސޮފާ މަރުވާ ދެމެދަށް ވެއްޓި، ހައްވާގެ ކަނާތުފައިގެ ކަށިގަނޑުގައި ރެދުލާފައިވާ ކަަމަށެވެ.

ޔަލަމްލަމް ޕްރައިވެޓް ލިމިޓެޑް ޖަމާއަތުގައި އުމްރާއަށް ދިޔަ ހައްވާ, މާލެ ގެނައުމުގެ އެ ޖަމާއަތާއި އާއިލާ މީހުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

އެކަމާއި ގުޅިގެން ޓްވިޓަރ ގައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވީ، ރާއްޖެއިން ސައުދި އަރަބިޔާއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ހައްވާ އަލީގެ އާއިލާއާ ބައްދަލުކުރައްވާފަައިވާ ކަމަށެވެ. އަދި ހައްވާ ރާއްޖެ ގެނައުމުގެ އިންތިޒާމުތަކުގައި އެމްބަސީން އެހީތެރިވަމުންދާ ކަމަށްވެސް ޝާހިިދު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްވާ އަލީ ރާއްޖެ ނުގެނެވިގެން އުޅެނީ ފްލައިޓުން ޖާގާ ނުލިބިގެންނެވެ. އެއީ ސްޓްރެޗާ އެއްގައި ގެންނަން ޖެހޭތީ، އިތުރު މީހުންނަށް ޖާގަ ބޭނުންވާތީ ކަމަށްވެއެވެ. އޭނާ މާލެ ގެނައުމަށް ހަ ސީޓު ބޭނުންވާކަމަށް އާއިލާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
50%
0%
0%
0%
ކޮމެންޓް