ކ. މާލެ
|
21 ޑިސެންބަރ 2019 | ހޮނިހިރު 15:15
އިންޑިއާގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން
އިންޑިއާގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން
އަލްޖަޒީރާ
އިންޑިއާ
މުޒާހަރާތަކާ ގުޅިގެން އިންޑިއާގެ ވަޒީރުން ހާޒިރު ކުރަނީ
 
ބައްދަލުކުރާނެ ވަކި ވަގުތެއް އަދި ހާމައެއްނުކުރޭ
 
08 އަހަރުގެ ފިރިހެއްކުއްޖެއް ވެސް ވަނީ މަރުވެފައި
 
މުޒާހަރާތަކުގައި 20 މީހުން ވަނީ މަރުވެފައި

އިންޑިއާގެ ރަށްވެހިކަމުގެ ޤާނޫނަށް ގެނައި ބަދަލާއެކު އެޤައުމުގެ އެކި ހިސާބުތަކުގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެޤައުމުގެ ވަޒީރުން ހާޒިރުކުރަން ނިންމަވައިފިއެވެ.

މުޒާހަރާތައް ހޫނުވެ ގިނަ ބަޔަކަށް އަނިޔާވެފައިވާއިރު، ނަރެންދުރަ މޯދީ ވަޒީރުންނާހާޒިރުކުރަން ނިންމެވި ނަމަވެސް ހާޒިރުކުރާނެ ވަކި ވަގުތެއް އަދި ހާމައެއްނުކުރެއެވެ.

އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އިންޑިއާގެ އެކި ހިސާބުތަކުގައި ކުރަމުންދާ މުޒާހަރާގައި އެޤައުމުގެ އުއްތަރު ޕްރަދޭޝް ސްޓޭޓުގައި 20 މީހަކު ވަނީ މަރުވެފައެވެ. އަދި 08 އަހަރުގެ ކުޑަ ފިރިހެން ކުއްޖެއް ވަނީ މަރުވެފައެވެ.

މި މަހުގެ ހަތަރުވަނަ ދުވަހު އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ރަށްވެހިކަމުގެ ޤާނޫނާއެކު އިންޑިއާގައި ދިރިއުޅެމުން އަންނަ 200 މިލިއަނެއްހާ މުސްލިމުންނަކީ އަމިއްލަ ޤައުމުގައި ގަވާއިދާ ޚިލާފަށް އެތެރެވެފައިވާ ބައެއް ކަމަށް ވުމުގެ ބިރު ވަނީ ހީވާން ފަށާފައެވެ.

މި ބިލުގެ ދަށުން ވަކި ގޮތްތަކެއް ކަނޑައަޅާފައިވަނީ މުސްލިމުންނަށް އެކަންޏެވެ. އިންޑިއާގެ ސަރުކާރުން މިކަން ސާފުކޮށްދިނުމުގެ ގޮތުން ބުނެފައިވަނީ މުސްލިމުން މެޖޯރިޓީ އޮންނަ ޕާކިސްތާނާއި، ބަންގުލަދޭޝާއި، އަފްޣާނިސްތާނުގައި އެހެން ދީންތަކުގެ މީހުންނަށް ދީނީ ގޮތުން ދުއްތުރާތައް ކުރިމަތިވަމުންދާ ކަމަށެވެ. މި ބިލާއެކު އިންޑިއާގެ މުސްލިމުން ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބަޔަކަށް އަދި ޣއިރު މުސްލިމުންނަކީ ދީނީ އެކިއެކި ސަބަބުތަކާ ހެދި ހިޖުރަކޮށްފައިވާ ބައެއްގެ ގޮތުގައި ލޭބަލް ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
3%
0%
8%
88%
0%
2%
ކޮމެންޓް