ކ. މާލެ
|
12 ޑިސެންބަރ 2019 | ބުރާސްފަތި 17:22
އެމްޑަބްލިއުއެސްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑަބްލިއުއެސްސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެމްޑަބްލިޔުއެސްސީ
އެމްޑަބްލިއުއެސްސީ
މަގުމައްޗަށް ނަޖިސް ލީކުވުމުގެ މައްސަލައަށް ވަނީ ހައްލެއް ގެނެވިފައި: އެމްޑަބްލިޔުއެސްސީ
 
3000 ގެއެއް ސަރވޭ ކޮށްފައިވޭ
 
ނެޓްވޯކްތައް ފުޅާ ކުރެވޭނެ
 
ޖުމްލަ ހައްލެއް ގެނެވިފައިވާ ކަމަށް ވިދާޅުވި

މާލޭގެ މަގުމަތިން ނަޖިސް ލީކުވުމުގެ މައްސަލައަށް ޖުމްލަ ގޮތެއްގައި ހައްލެއް ގެނެވިފައިވާ ކަމަށް މޯލްޑިވްސް ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ހާމަކޮށްފިއެވެ.

އެމްޑަބްލިއުއެސްސީން މާލެއަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުން ހެދި ސަރވޭގެ މަޢުލޫމާތު މީޑިއާ ހިއްސާކުރައްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ، އެ ކުންފުނީގެ އިންޖިނިއަރުންގެ ފަންނީ ލަފާގެ މަތިން ހެދި ސަރވޭއަކަށްފަހު މިހާރު މާލޭގެ މަގުމަށްޗަށް ނަޖިސް އެޅުމުގެ މައްސަލަ ޙައްލު ކުރެވިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ނަޖިސް އެޅުމުގެ މައްސަލަ އަށް ޙައްލެއް ހޯދިފައިވަނީ އެކުންފުނިން އެކުލަވާލާ އަމަލުކުރަމުންދާ ދުރު ރާސްތާޕްލޭނުގެ ސަބަބުން ޙާޞިލު ކުރެވުނު ނަތީޖާއިންނެވެ. މާލޭގެ އާބާދީ ނިޞްބަތުން ބޮޑުވި ނަމަވެސް، އާބާދީ އަށް އެކަށީގެންވާ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ނެޓްވާރކް އިތުރަށް ފުޅާކޮށް، ވަރުގަދަވެގެން ދާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ނެޓްވާރކްގެ ބައެއް ޕްލޭންތައް ބަދަލު ކުރެވި، އިތުރު ޕަމްޕު ސްޓޭޝަންތައް ޤާއިމުކުރާނެކަމަށް އާޒިމް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ލަފާކުރާ ގޮތުންނަމަ 2022 ކުރިން އެ މަސައްކަތް ނިންމާލެވޭނެއެވެ. މާލޭގެ މަގުމައްޗަށް ނަޖިސް އެޅޭކަމުގެ ގިނަ ޝަކުވާތައް ލިބެމުންދާކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، ކުރިޔާ އަޅާއި ބަލާއިރު މިހާރު ލިބޭ ޝަކުވާތައް ކުޑަވެފައިވާ ކަމަށެވެ. އާޒިމް ވިދާޅުވި ގޮތުގައި، ވާރޭ ވެހޭއިރު ކާނުތަކުން ފެން އަރަމުންދަނީ ބައެއް ގޭގޭ ދިޔަދޮއި ހޮޅި އިންޑޮކްސްސީ ނެޓްވާރކަށް ގުޅާފައި ހުންނާތީ ކަމަށެވެ.

ޤަވާއިދާ ޚިލާފަށް ގޭގެއަށް ގުޅާފައި ހުންނަ ހޮޅިތައް ނަޖިސް ވަޅުން ނަގައި މަގުމައްޗަށް ދޫކޮށްލުމަށް އެމްޑަބްލިއުއެސްސީން ވަނީ އިލްތިމާސް ކޮށްފައެވެ. އެކުންފުނިން ހެދި ސަރވޭ ދައްކާގޮތުން 203 ގެއަކުން ވަނީ އެ ގޭގެ ހޮޅިތައް އިންޑޮކްސީ ނެޓްވާރކްތަކާއި ގުޅާފައެވެ.

ބޮޑެތި ފުރާޅު ތަކުން ނަޖިސް ވަޅުގަނޑަށް ނަޖިހުގެ ނިޒާމާއި ގުޅާފައި ހުރުމުން ވަރަށް ބައިވަރު ފެންތައް ވިއްސާރަވެގެން އެއް ފަހަރާއި ފެންތައް ނިޒާމުގެ ތެރެއަށް ދާން ފެށީމަ މަގުމަތު އެގޮތަށް އަރާތަން ( ނަޖިސް ) ފެންނަނީ
އާދަމް އާޒިމް ~ އެމްޑަބްލިއުއެސްސީގެ އެމްޑީ ~

މާލޭގެ މަގުމަތި ނަޖިސްވަނީ މަދު ބައެއްގެ އިހުމާލުންކަން ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، ކުންފުނީގެ އެކަނި މަސައްކަތުން މިކަން ޙައްލުނުކުރެވޭނެކަމަށާއި، އެކަން ހުއްޓުވޭނީ ފަރުދީ ޒިންމާއެކަމަށް ދެކި، ހުރިހައި އެންމެންގެ އެއްބާރުލުން މިކަމަށް ލިބިގެން ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން. ފޮޓޯ: ޓްވިޓަރ

އެމްޑަބްލިއުއެސްސީން ކުރިޔަށް ގެންދާ ސަރވޭގައި ކުރިން ނިންމާފައިވަނީ 7000 ގެ އެއް ސަރވޭކުރުމަށެވެ. އޭގެ ތެރެއިން މިހާތަނަށް 3000 ގެއެއް ސަރވޭކޮށް ވަނީ ނިންމާލާފައެވެ. އާޒިމް ވިދާޅުވީ، 2 މަސްދުވަހަށް ކުރިޔަށް ގެންދިޔަ ސަރވޭ ފުރިހަމަނުކޮށް ނިންމާލަން ޖެހުނީ ބައެއް ގެތަކުން އެކަށީގެން ވަރަށް އެއްބާރުލުން ނުލިބުމުން ކަމަށެވެ. ޗެކް ކުރެވެނީ ގެތަކުގެ ތެރެއިން 203 ގޭގެ ދިޔަދޮއި ހޮޅި ނަޖިހުގެ ނިޒާމުގެ ތެރެއަށް ގުޅާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ހޮޓާތަކާއި ގަރާޖު ތަކުން ތެޔޮގަނޑު ސިސްޓަމުގެ ތެރެއަށް ދޫކޮށްލުމުން ސިސްޓަމް ބޮލްކްވާކަން ފާހަގަކުރައްވާ އެމްޑަބްލިއުއެސްސީ ގެ އެމްޑީ ވަނީ އެކަން އޮގޮތައް ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ތެޔޮގަނޑު ސިސްޓަމް ތެރެއަށް ދޫކުރުމަކީ މަނާކަމެއް. އެކަމުގެ ސަބަބުން ހަމައެކަނި އެބޭފުޅުންނަށް އެވަގުތު ކިތަންމެ ފަސޭހަ ވިޔަސް އެބޭފުޅުންގެ ގޭތެރެއިންނާއި އެ ބޭފުޅުން ދިރިއުޅޭ ހިސާބުން ސިސްޓަމް ދޮންވެގެން މައްސަލަ ދިމާވޭ
އާދަމް އާޒިމް ~ އެމްޑަބްލިއުއެސްސީ އެމްޑީ

މާލޭގެ ނަރުދަމާ އަށް ދިމާވާ މައްސަލަ އަށް އިޝާރާތްކުރައްވާ އެމްޑީ ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ނަރުދަމާ ސާފުކޮށްފައިނުވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް