Advertisement
ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 16:56
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
އިންސާނީ ހައްގުތަކުގެ ދުވަސް
ރައްޔިތުންގެ ހައްޤުތައް ދެމެހެއްޓުމުގައި މަޖިލިސް ދެމިއޮންނާކަމުގެ ޔަޤީންކަން ރައީސް ނަޝީދު ދެއްވައިފި
ރައްޔިތުންގެ މަޖިލީހަކީ ޤާނޫނުގެ ވެރިކަން ދަމައްހައްޓާ، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރާނެ މައި އިދާރާ ކަމަށް ރައީސް ނަޝީދު ވިދާޅުވި
19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އުފައްދާފައި

ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ ޤާނޫނުތައް ދަމަހައްޓާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ ތަހުނިޔާ ފޮނުވަމުން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަކީ ޤާނޫނުގެ ވެރިކަން ދަމައްހައްޓާ، ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރާނެ މައި އިދާރާ ކަމަށެވެ. އަދި މަޖިލިސް އޮންނާނީ އަދި ކަށަވަރުކޮށް ދަމަހައްޓާނީ، ރާއްޖޭގެ ގާނޫނުތަކާއި ރައްޔިތުންގެ ހައްގުތަށް ކަމަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވި އެވެ.

Advertisement

19 ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ އިންސާނީ ހައްޤުތައް ހިމާޔަތްކޮށް އިތުރަށް މަސައްކަތް ކުރުމަށް އެކަމާބެހޭ ކޮމިޓީއެއް އުފައްދާފަ އެވެ. އެގޮތުން ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ނަމުގައި ކޮމިޓީއެއް އުފައްދައިގެން މަސައްކަތް ކުރަމުންދާއިރު އެކޮމިޓީން އަންނަނީ އިންސާނީ ހައްގުތަކާއި ގުޅޭ ގިނަ މައްސަލަތަކެއް ބަލާ ކަމާބެހޭ ދައުލަތުގެ ވުޒާރާތައް ހާޒިރުކޮށް ސުވާލުކުރަމުންނެވެ. ވަކިން ޚާއްސަ ކޮށް ކުޑަކުދިންނާއި ގުޅުންހުރި ގިނަ ކަންތައްތަކެއް އެކޮމިޓީން އަންނަނީ ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް