Advertisement
ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 09:30
މީހަކު ސިއްހީ ފަރުވާ ހޯދަނީ
މީހަކު ސިއްހީ ފަރުވާ ހޯދަނީ
ރާއްޖެއެމްވީ
އެޗްޕީއޭ
ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ބޭރަށް ހިންގުން ކަމަށް ބެލެވެނީ 24 ގަޑިއިރު 03 ފަހަރަށްވުރެ ގިނައިން ދިޔާކޮށް ބޮޑުކަމު ދެވުމުން
ގިނައިން ދިޔާތަކެތި ބޭނުން ކުރަންޖެހޭ
އާންމުން އެއްވެ އުޅޭ ސަރަހައްދުތަކަށް ނިކުމެ އުޅުން މަދުކުރަންޖެހޭ

ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވާތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ބުނީ ބޭރަށް ހިންގުން ކަމަށް ބެލެވެނީ 24 ގަޑިއިރު ތެރޭގައި 3 ފަހަރަށްވުރެ ގިނައިން ދިޔާކޮށް ބޮޑުކަމު ދެވުމުން ކަމަށެވެ. އެޗްޕީއޭއިން ބުނީ ބޭރަށް ހިންގާނަމަ ތިމާއާއި އެހެން މީހުންގެ ރައްކާތެރިކަމަށްޓަކައި ގިނަކަން ކުރަންޖެހޭ ކަމަށެވެ.

އެގޮތުން ގިނައިން ލޮނު ޕެކެޓް އޯ.އާރ.އެސް ފެން އަދި ސޫޕް، ކުރުނބާ ފެންފަދަ ދިޔާތަކެތި ބޭނުން ކުރަންޖެހޭ ކަމަށާއި، ގިނައިން އަތްދޮވެ، ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްފަހުގައި ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވުން އަދި ބޭނުން ކޮށްފައިވާ ނެޕީ ރައްކާތެރިގޮތުގައި ނައްތާލަންޖެހޭ ކަމަށެވެ. އަދި ފާޚާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ފެނާއި ކާނާ ރައްކާތެރިގޮތުގައި ބޭނުން ކުރުމަށް އިލްތިމާސްކޮށް އެޗްޕީއޭއިން ބުނީ ބޯން ބޭނުން ކުރާ ފެން ކައްކައިގެން ބޭނުން ކުރާއެކު، ކާބޯތަކެތިގައި މެހި ނުޖައްސާނެހެން މަތި ޖަހާފައި ބަހެއްޓުން ވަރަށް މުހިންމު ކަމަށެވެ.

Advertisement

އެޗްޕީއޭއިން ބުނީ 03 ދުވަސް ވަންދެން 24 ގަޑައިރު ތެރޭގައި 03 ފަހަރަށްވުރެ ގިނައިން ބޮޑުކަމުދެވުން ނުވަތަ ބޭރަށް ހިންގުމުގެ އަލާމަތްތައް އިތުރަށް ގޯސް ވާނަމަ ޑޮކްޓަރަށް ދައްކަންޖެހޭ ކަމަށެވެ. އަދި ބޭރަށް ހިންގުމުގެ އަލާމަތްތައް ނުފެންނަތާ 02 ދުވަސް ވަންދެން ސްކޫލު ކުދިން ސްކޫލަށް ނުފޮނުވާ މަސައްކަތަށް ނުނިކުމެ ގޭގައި އަރާމު ކުރަންޖެހޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ބޭރަށް ހިންގުމާއި ހޮޑުލެވޭނަމަ، އާންމުން އެއްވެ އުޅޭ ޞަރަޙައްދުތަކަށް ނިކުމެ އުޅުން މަދުކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް