Advertisement
ކ. މާލެ
|
10 ޑިސެންބަރ 2019 | އަންގާރަ 09:38
ފުލުހުން ތަކެއް
ފުލުހުން ތަކެއް
ޕޮލިސް
މޯލްޑިވްސް ޕޮލިސް ސަރވިސް
ޖިންސީ ގޯނާ ކުރި މައްސަލައެއްގަ ފުލުހަކު ހައްޔަރުކޮށްފި
މައްސަލަ ހުށައެޅިފައިވަނީ އާދިއްތަ ދުވަހުގެ ރޭ
ކްރިމިނަލް ކޯޓުން ފުލުސް މީހާ ދޫކޮށްލި
އެ ފުލުސް މީހާ ވަނީ ސަސްޕެންޑް ކޮށްފައި

ފިރިހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ފުލުހުންގެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އާދިއްތަ ދުވަހުގެރޭ 22:50 ހާއިރު 42 އަހަރުގެ ފިރިހެނަކު 18 އަހަރުގެ ދިވެހި ފިރިހެނަކަށް ޖިންސީ ގޯނާކުރަން އުޅޭ އެކަމަކުގެ ތެރެއިން މާރާމާރީ އެއް ހިންގި މައްސަލަ އެއް ހުށައެޅިފައިވާ ކަމަށެވެ. އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތަކީ ފުލުހެއް ކަމަށާއި، އޭނާ ވަގުތުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement

ފުލުހުން ބުނީ، ހޯމަ ދުވަހު އެ ފުލުހަށް މުއްދަތު ޖަހަން ކޯޓަށް ގެންދިޔުމުން ކްރިމިނަލް ކޯޓުން ޝަރުޠުކޮށް އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ޖިނާއި ތަހުޤީޤައް ފުލުހުން ކުރަމުންދާއިރު، ފުލުސް މީހާގެ ޑިސިޕްލިނަރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ދަނީ ތަހްޤީޤް ކުރަމުންނެވެ. އެ މުވައްޒަފު މިހާރު ސަސްޕެންޑް ކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް