ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 19:54
އެންސިސް ކޭނިން ފެކްޓްރީ
އެންސިސް ކޭނިން ފެކްޓްރީ
އެންސިސް ފިޝަރީޒް
އެންސިސް ކޭނިންގ ފެކްޓްރީ
އެންސިސް ކޭނިންގް ފެކްޓްރީ ހުޅުވައިފި
 
މިތަނުގައި އެއްފަހަރާ 2000 ކޭހުގެ ދަޅު މަސް ބަންދުކުރެވޭ
 
ފެކްޓްރީ އަކީ ޖަރުމަން ޑިވެލޮޕްމަންޓް ބެންސް ޑީއީޖީ މާލީ އެހީތެރިކަމާއި އެކު ތަރައްޤީ ކުރެވިފައިވާ ތަނެއް
 
ފެކްޓްރީ ހުޅުވީ ހޯމަ ދުވަހު

އެންސިސްއިން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ، ދަޅުގައި މަސް ބަންދުކުރާ ކާރުހާނާ ހުޅުމާލޭގައި ހުޅުވައިފި އެވެ.

ހޯމަ ދުވަހު ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ފެކްޓްރީ ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު އެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މި ކޭނަރީއަކީ، 25 މިލިއަން ޑޮލަރު (385 މިލިއަން ރުފިޔާ)ގެ ބޮޑު އިންވެސްޓްމަންޓެކެވެ. އަދި މި ފެކްޓްރީއަކީ ޒަމާނީ ފެންވަރުގެ "ސްޓޭޓް އޮފް ދި އާޓް" ފެސިލިޓީއެކެވެ. 25 ޓަނުގެ މަސް އެއްފަހަރާ ޕްރޮސެސްކުރެވޭ މި ފެސިލިޓީއިން، ދުވާލަކު 2000 ކޭހުގެ ދަޅު މަސް ބަންދުކުރެވެއެވެ.

އެންސިސް ދަޅުމަސް ބަންދުކުރާ ފެކްޓްރީއަކީ ޖަރުމަން ޑިވެލޮޕްމަންޓް ބެންކް ޑީއީޖީގެ މާލީ އެހީތެރިކަމާއި އެކު ތަރައްޤީ ކުރެވިފައިވާ ތަނެކެވެ.

އޭގެ އިތުރުން މި ފެކްޓްރީ އާއި އެކު ހުޅުމާލެ ފިޝާޜީޒް ހާބަރުގައި މަސްވެރިންނަށް މަސް ތާޒާކަންމަތީ ބެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން 100 ޓަނުގެ އައިސް ޕްލާންޓެއް ވަނީ ޤާއިމްކޮށްފައެވެ.

އެންސިސް ފިޝަރީޒް އިން މިހަރު އަމާޒު ހިފާފައި ވަނީ 2022 ވަނަ އަހަރުގެ ކުރިން އެކްސްޕޯޓް ކުެރވޭ ވެލިއު އެޑް ކުރެވިފައިވާ އުފެއްދފުން ތަކުގެ އަދަދު 1000 ޓަނަށް ބަދަލު ކުރުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ