Advertisement
ކ. މާލެ
|
9 ޑިސެންބަރ 2019 | ހޯމަ 09:46
ފެނަކަ ވިލިނގިލީ ބްރާންޗް
ފެނަކަ ވިލިނގިލީ ބްރާންޗް
ގޫގުލް
ފެނަކަ
ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި މުވައްޒަފުގެ ހާލު އަންނަނީ ރަނގަޅުވަމުން: ފެނަކަ
ފަރުވާ ދެމުންދަނީ އައިޖީއެމްއެޗްގައި
ކަރަންޓުގައި ޖެހުނީ ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކޯރުކޮނުމުގެ މަސައްކަތުގައި އުޅެނިކޮށް
މިހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުން

ގއ. ވިލިނގިލީގެ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދަނިކޮށް ކަރަންޓުގައި ޖެހި ޙާލު ސީރިއަސްވި މުވައްޒަފުގެ ޙާލު ރަނގަޅުވަމުން އަންނަ ކަމަށް ފެނަކަ ކޯޕްރޭޝަން ލިމިޓެޑުން ބުނެފިއެވެ.

ފެނަކައިން ބުނީ ވިލިނގިލީގައި ޢިމާރާތް ކުރެވިފައިވާ ހައުސިން ޔުނިޓުތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކޯރުކޮނުމުގެ މަސައްކަތުގައި އުޅެނިކޮށް ވިލިނގިލީ ބްރާންޗުގެ ޓެކްނިކަލް މަސައްކަތްކުރަމުން އަންނަ މުޙައްމަދު މުފީދު އާދިއްތަ ދުވަހު ކަރަންޓުގަ ޖެހުމާ ގުޅިގެން ވަގުތުން ވިލިނގިލި ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށެވެ.

Advertisement

ފެނަކައިން ބުނީ އިތުރު ފަރުވާއަށް އާދިއްތަ ދުވަހު ފަތިހުގެ ވަގުތެއްގައި މާލެ ގެނެސް، އައިޖީއެމްއެޗުގައި މުފީދަށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި ޑޮކްޓަރުންނާ ޙަވާލާދީ ފެނަކައިން ބުނީ އޭނާގެ ޙާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

މިޙާދިސާއާ ގުޅިގެން ފުލުހުން ބުނީ މިކަން ހިނގަން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް