Advertisement
ކ. މާލެ
|
8 ޑިސެންބަރ 2019 | އާދީއްތަ 22:15
ފެނަކަ ވިލިނގިލީ ބްރާންޗް
ފެނަކަ ވިލިނގިލީ ބްރާންޗް
ގޫގުލް
ފެނަކަ
ފެނަކައިގެ މުވައްޒަފަކު އެތަނުގެ މަސައްކައް ކުރަނިކޮށް ކަރަންޓުޖެހުމުން ފުލުހުން މައްސަލަ ތަހުގީގުކުރަނީ
ކަރަންޓުޖެހިފައިވަނީ 30 އަހަރުގެ މީހަކަށް
ހާލު ރަނގަޅު
އިތުރު ފަރުވާއަށް މިރޭ މާލެ ގެންނާނެ

ގއ. ވިލިނގިލީގެ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކު އެތަނުގެ ކަރަންޓު މަސައްކަތެއް ކުރަމުންދަނިކޮށް ކަރަންޓުޖެހި ހާލު ސީރިއަސްވުމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލުމާތު ދެއްވަމުން ފުލުހުން ބުނެފައިވަނީ ގއ. ވިލިނގިލީގެ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކު އެތަނުގެ ކަރަންޓު މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައި ކަރަންޓުޖެހި ހާލު ސީރިއަސްވުމާއި ގުޅިގެން ގެ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާކަމުގެ މައުލޫމާތު އާދިއްތަ ދުވަހުގެ ހަވީރު 17:15 ގައި ލިބިފައިވާކަމަށެވެ.

Advertisement

މިކަމާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލްގެ ރައީސް މުސްތަފާ މުހައްމަދު ވިދާޅުވީ ކަރަންޓު ޖެހިފައިވަނީ 30 އަހަރުގެ މީހެއްކަމަށާއި އެ މީހާގެ ހާލު ރަނަގަޅުކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭކަމަށެވެ. އަދި އިތުރު ފަރުވާއަށް މާލޭ ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންއަންނަ ކަމަށާއި އެންމެ އަވަހަށްވެސް ޖާގައެއް ލިބުނީ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތަކަށް ކަމަށެވެ. މުސްތަފާ ވިދާޅުވީ އެ މީހާ ކަރަންޓުޖެހިފައިވަނީ ކޯރެއް ކޮންނަން އުޅެނިކޮށްކަަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ކަރަންޓު ޖެހުނު މީހާގެ ހާލު މިހާރު ރަނގަޅުކަމަށާއި މައްސަލައާއި ގުޅިގެން އެކަން ހިނގަން މެދުވެރިވި ސަބަބާއި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް