Advertisement
ކ. މާލެ
|
8 ޑިސެންބަރ 2019 | އާދީއްތަ 17:14
އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުން ރައީސް އޮފީހުން ކައިރީގައި
އިދިކޮޅު ކޯލިޝަންގެ އިސްބޭފުޅުން ރައީސް އޮފީހުން ކައިރީގައި
ޓްވިޓަރ
ޕްރޮގްރެސިވް ކޯލިޝަން
އިދިކޮޅުން ރައީސްއާ ބައްދަލުކުރައްވައިފި، ތަފްސީލު ހާމައެއް ނުކުރި!
ރައީސް ޔާމީން އަށް ކުރަނީ ސިޔާސީ ދައުވާއެއް ކަމަށް އިދިކޮޅުން ދަނީ ބުނަމުން
ކޮންމެ ރެޔަކު ނުރުހުިން ފާޅުކޮށް މުޒާހަރާ ކުރަމުންދޭ
ބޭރުގެ ފަރާތްތަކަށް ރައީސް ޔާމީންގެ ޝަރިޔަތުގެ މައުލޫމާތު ދިފައިވޭ

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސް ބޭފޫޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައިފިއެވެ.

އިދިިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރައީސްއާ ބައްދަލު ކުރައްވާފައިވަނީ ރައީސް ޔާމީން މިނިވަން ކުރުމައި ގުޅޭ ގޮތުން ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. ގާތްގަނޑަކަށް 15 މިނިޓަށް ކުރިޔަށް ދިޔަ އެ ބައްދަލުވުމާއި ބެހޭ ގޮތުން އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި، ބައްދަލުވުމުގެ މައުލޫމާތު މީޑިއާ އަށް ފަހުން ހާމަކުރައްވާނެ ކަމަށެވެ. އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.

ރައީސް ޔާމީން ޖަލަށްލުމަށް ޙުކުމް ކުރުމާއި ގުޅިގެން، ޕީޕީއެމާއި ޕީއެންސީ ކޯލިޝަނަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ކޮންމެ ރެއަކުހެން މާލޭގައި މުޒާހަރާ ކުރަމުން ނެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ނިޞްބަތްވާ 6 މެންބަރުން ވެސް ގެންދަވަނީ މަޖިލީހުގައި އިހުތިޖާޖު ކުރައްވަމުން ނެވެ.

Advertisement

ހޮނިހިރު ދުވަހު މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ނިންމާލައި، ޗުއްޓީއަށް ދިޔައިރު، ރައީސް ޔާމީނުގެ މައްޗަށް ޖަލަށް ޙުކުމްކުރި ފަހުން ކޮންމެ ޖަލްސާއެއްގައިވެސް އިދިކޮޅު ކޯލިޝަނުން އިހުތިޖާޖު ކޮށްފައި ވެއެވެ. ނަމަވެސް މަޖިލީހުގެ ތެރޭގައި މާބޮޑު ހަމަނުޖެހުމެއް ނުހިނގާ، ޖަލްސާތައް ވަނީ ކުރިއަށް ގެންގޮއްސަ އެވެ.

މިދިޔަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު، ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ޙުކުމް ކޮށްފައި ވެއެވެ. އަދި އެފައިސާ 6 މަސް ދުވަހުގެ ތެރޭގައި އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް ޙުކުމުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް