Advertisement
ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 23:37
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
އާސްކްސްޕީކަރ
އެމްއެމްޕީއާރުސީގެ ކަޅު ފައިސާގައި ޖެހުނު މީހުންގެ ލިސްޓެއް އަދި ނުލިބޭ، ހެކި ހުރި މީހުންގެ މައްޗަށް ދައުވާ އުފުލޭނެ: ނަޝީދު
ނަޝީދު ވިދާޅުވީ ހެއްކާއި ގަރީނާ ހުރި ހުރިހާ އެންމެންގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށް

މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތުގެ ފައިސާ ލިބުނު ފަރާތްތަކުގެ ނަން ލިސްޓު އަދި ލިބިފައި ނުވާކަމަށާއި، ހެއްކާއި ޤަރީނާ ހުރި އެންމެންގެ މައްޗަށް ދަޢުވާ ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް މުޙައްމަދު ނަޝީދާއި ސުވާލުކުރުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށް ދިނުމަށް ބޭއްވި 'އާސްކް ސްޕީކަރ' ޕްރޮގުރާމުގައި "އެމްއެމްޕީއާރުސީގެ ކަޅު ފައިސާގައި ޖެހުނު މީހުން މަޖިލީހާއި މި ސަރުކާރުގައި ތިބި ކަން ހާމަވެފައިވާއިރު، އެމީހުންނާއި ދޭތެރޭގައި ފިޔަވަޅު އެޅޭނެ ތޯއާއި، އެ ފައިސާ ލިބުނު ފަރާތްތަކުގެ ނަންތައް ހާމަ ކުރުމަށް ފޮނުއްވި ސިޓީގެ ޖަވާބެއް ލިބުނުތޯ" މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އަދި ޕީޖީއަށް ފޮނުއްވި ސީޓީގެ ޖަވާބު ނުލިބޭ ކަމަށެވެ.

އިރާދަކުރެއްވިއްޔާ އެބޭފުޅުންނާއި ދޭތެރޭގައި ފިޔަވަޅު އެޅޭނެ. އަދި އަޅުގަނޑަކަށް އޭގެ ޖަވާބެއް ނުލިބޭ. ދެން އެހެން ނަމަވެސް އޭގެ ސަބަބެއް ކަމަށް ވެދާނެ ޕްރޮސްކިއުޓް ކުރުމުގެ މަގުމަތީގައި އުޅޭތީވެ، ކޮން ކޮން ބޭފުޅުންނެއްގެ ތޯ ޕްރޮސެކިއުޝަނާއި ހިސާބަށް ދައުވާ އުފުލުމާއި ހިސާބަށް ކޮންކޮން މިންވަރަކަށް ތޯ ހެއްޖާއި ގަރީނާ ހުރީ. ދެން އަޅުގަނޑަށް ފެންނަ ފެނުމުގައި ހެއްކާއި ގަރީނާ ހުރި ހުރިހާ އެންމެންގެ މައްޗަށް ދައުވާ ކުރެވޭނެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތައް ދައުލަތުގެ އިދާރާތަށް ގުޅިގެން އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައިވެއެވެ. އޭގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރުންނާއި 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 16 މެމްބަރުން ގެ އިތުރުން މިނިވަން މުއައްސަސާތަކުގައި ތިއްބެވި 5 މެމްބަރުން ހިމެނޭ ކަން ހާމަވެފައިވެއެވެ. އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ތިއްބެވި 7 ފަރާތަކާއި ކޯޓުތަކުގައި ފަނޑިޔާރުކަން ކުރައްވާ 6 ފަނޑިޔާރަކާއި ކުރީ ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި 23 ފަރާތެއްގެ އިތުރުން ސަލާމަތީ ޚިދުމަތްތަކުގެ ތެރެއިން 7 އޮފިސަރެއް ހިމެނޭ ކަން ހާމަވެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް