Advertisement
ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 22:40
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
އާސްކް ސްޕީކަރ
ބަރުލަމާނީ ނިޒާމު ގެނައުމުގެ މަސައްކަތްކުރާނީ ރައީސް ސާލިހު އެކަން ކުރައްވަން ބޭނުންވީމަ: ރައީސް ނަޝީދު
އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ
ބަރުލަމާނީ ނިޒާމަކީ ވެރިކަން ހިންގަން އެންމެ ސައްހަ ރަނގަޅު ނިޒާމު ކަމަށް ގަބޫލު ކުރައްވާ

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މަސައްކަތްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެކަން ކުރައްވަން ބޭނުންފުޅުވެވަޑައިގަތުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައީސް މުޙައްމަދު ނަޝީދާއި ސުވާލުކުރުމުގެ ފުރުޞަތު ޢާންމު ރައްޔިތުންނަށް ދިނުމަށް ބޭއްވި 'އާސްކް ސްޕީކަރ' ޕްރޮގުރާމުގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement

ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރިޔާސީ ނުވަތަ ބަރުލަމާނީ ނިޒާމެއް ދެނެގަތުމަށް ވޯޓަކަށް އަހަންޖެހޭތޯ އަދި ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާތޯ ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެންނާނީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި އެ ނިޒާމު ގެނައުމަށް މަސައްކަތް ކުރުމަކީ ވަކި ބަޔަކު ބޭނުން ވެގެން ކުރާ ބާވަތުގެ ކަމެއް ނޫން ކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، އެ މަސައްކަތް ކުރައްވާނީ ސަރުކާރު ހިންގާ މައިޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހުރިހާ މެމްބަރުން އެކަން ކުރަން ބޭނުންވާ ކަމުގައި ވާނަމަ ކަމަށެވެ.

އެކަން ބަދަލު ކުރާނީ، ހަމަ ގައިމުވެސް އަޅުގަނޑު އެކަމާއި އުޅޭނީ މުޅި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، މުޅި އެމްޑީޕީ އެކަމައިގެން އުޅެން ބޭނުންވީމަ. އޭގެ ތެރޭގައި އެކަމާއިގެން ރައިސުލްޖުމްހޫރިއްޔާވެސް އުޅެން ބޭނުންވީމަ. އަޅުގަނޑަށް ފެންނަ ގޮތުގައި އެމްޑީޕީގެ ވަކި ބަޔަކު ނުކުމެ ކުރަން އުޅޭ ބާވަތުގެ ކަމެއް ނޫން މިކަމަކީ. އެކަމެއް އަޅުގަނޑުމެން ކުރަން ޖެހޭނީ އަޅުގަނޑުމެން އެންމެނަށް އެކީގައި އެކަން ކުރެވޭ ގޮތަށް ކަންކަން ތަރުތީބު ވެގެން އައިސްގެން.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މަޖިލީހުގެ ރައީސް ވިދާޅުވީ އެމަނިކުފާނަކީ މަދަރުސީ ދައުރުން ފެށިގެން ބަރުލަމާނީ ނިޒާމަށް ތާޢީދު ކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެއީ ވެރިކަން ހިންގަން އެންމެ ޞައްޙަ ރަނގަޅު ނިޒާމު ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ރާއްޖޭގައި އޮވެފައި، އިންތިޚާބަށް ކުރިމަތި ލައްވާނަމަ އަދި އެމަނިކުފާނަކީ، މެޖޯރިޓީ އޮތް ޕާޓީގެ ލީޑަރު ނަމަ، ބޮޑު ވަޒީރަކަށް ވެވަޑައިގަންނަވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް