Advertisement
ކ. މާލެ
|
7 ޑިސެންބަރ 2019 | ހޮނިހިރު 16:35
މޯލްޑިވިސް ޕޮލިސް ސަރވިސް
މޯލްޑިވިސް ޕޮލިސް ސަރވިސް
މޯލްޑިވްސް ޓައިމްސް
މޯލްޑިވިސް ޕޮލިސް ސަރވިސް
ފުލުހުންގެ ހައްޔަރުގައި ހުރި މީހަކަށް އަނިޔާވެގެން ތަހުގީގުކުރަން ފަށައިފި
އެމީހާ ހައްޔަރުކުރި އިރު އަނިޔާ ލިބުނުކަމަށް ނުބުނޭ
ކަށްޓަށް ގެއްލުންވެފައިވާކަން އެނގުނީ ހައްޔަރުކުރިތާ 7 ދުވަސް ފަހުން

2 ފުލުހަކަށް ބިރުދެއްކި މައްސަލައިގައި ހައްޔަރުކުރި މީހަކަށް އަނިޔާވެގެން، އޭނާއަށް އަނިޔާވީގޮތް ބެލުމުގެ މަސައްކަތް މޯލްޑިވިސް ޕޮލިސް ސަރވިސްއިން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން ބުނީ، 29 ނޮވެމްބަރު 2019 ގައި 2 ފުލުހަކަށް ބިރުދައްކައި އިންޒާރު ދިނުމުގެ އިތުރުން، އެމީހުންގެ މުދަލަށް ގެއްލުން ދިން މައްސަލައެއްގައި 25 އަހަރުގެ ދިވެހި ޒުވާނަކު ހައްޔަރުކޮށްފައިވާކަމަށާއި، އޭނާ ހައްޔަރު ކުރިއިރު، އެއްވެސް އަނިޔާއެއް ހުރިކަމުގެ މަޢުލޫމާތު ލިބިފައިނުވާކަމަށެވެ.

Advertisement

ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ، 6 ޑިސެމްބަރު 2019 ގައި ރޯގާ ޖެހި ބަލިވެގެން ހޮސްޕިޓަލަށް ގެންދިޔުމުން އިނގިލީގައި ރިއްސާކަމަށް ބުނުމުން، އިތުރު ޓެސްޓްތަކާއެކު އެކްސްރޭ ނެގިއިރު ކަނާއަތު އިނގިލީގެ ކަށިގަނޑަށް އަނިޔާވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނެފައިވަނީ އަނިޔާ ލިބިފައިވަނީ ފުލުހުންގެ އިހުމާލަކުންތޯ ބެލުމަށް ކުރަންޖެހޭ ކަންކަން ފުލުހުންގެ ފަރާތުން ކުރަމުންދާކަމަށާއި، ހައްޔަރުކުރި މީހާގެ ޢާއިލާއަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ކޮމާންޑުގެ ނަމްބަރު ޙިއްސާކުރެވި ކުރިޔަށް ގެންދަން ޖެހޭ ގޮތް ކިޔައިދީފައިވާކަމަށެވެ.

މިދިޔަ މަހުގެ 29ގައި ފުލުހުންނަށް އިންޒާރުދިންކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ 25 އަހަރުގެ ޒުވާނާ ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ދޫކޮށްފައިވާކަމަށްވެސް މީޑިއާށް މަޢުލޫމާތުދެމުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް