ދައުލަތުގެ %100 ޙިއްސާ އޮންނަ ކުންފުނިތަކަށް އިއުލާނުކުރުމެއް ނެތި ސަރުކާރުގެ މަޝްރޫޢުތައް ޙަވާލު ކުރެވޭގޮތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އިރުޝާދު ދީފިއެވެ.
ހޮނިހިރު ދުވަހު ކޮރަޕްޝަން ހުއްޓުވުމަށާއި ކޮރަޕްޝަނުގެ ހިރާސް ކުޑަ ކުރުމަށް ދައުލަތުގެ ޕްރޮކިއުމެންޓާއި ބެހޭ އިޖުރާޢަތުތައް އިޞްލާޙު ކުރުމަށްޓަކައި އޭސީސީން ތައްޔާރު ކުރި ކަރުދާހާއި ގުޅިގެން މަޝްވަރާ ކުރުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި އޭސީސީން ބުނީ އިޢުލާން ކުރުމަކާއި ނުލާ ސަރުކާރުން، 100 އިންސައްތަ ހިއްސާވާ ކުންފުނިތަކާއި މަޝްރޫޢުތައް ޙަވާލު ކުރުމަށް މަޝްވަރާ ދިނީ އެއީ އެހެން ޤައުމުތަކުގައި ވެސް ބައެއް ފަހަރު ޢަމަލުކުރަމުން އަންނަ އުޞޫލެއް ކަމުގައި ވާތީ ކަމަށެވެ.
މިސާލަކަށް ސަރުކާރުގެ 90 އިންސައްތަ ހިއްސާ އޮވެފައި ، އެހެން ފަރާތެއްގެ 10 ޕަސެންޓް ހިއްސާ އޮންނަ ކަމުގައި ވާނަމަ އަޅުގަނޑުމެން ގަބޫލު ކުރަނީ އިއުލާނުކުރުމަކާއި ނުލައި ދިނުމުގެ ސަބަބުން އެހެން ފަރާތަކަށް އޭގެއިން ފައިދާ އެބަލިބޭ. އެހެން ކަމަށް ވާތީވެ އިތުރު ބައެއްގެ ހިއްސާވާ ކުންފުންޏަކަށް ނުކުރެވޭ ގޮތަށް އަޅުގަނޑުމެން ބަޔާން ކުރީ.އޭސީސީ
ސަރުކާރު 100 އިންސައްތަ ހިއްސާވާ ކުންފުނިތަކަށް އިޢުލާނު ކުރުމަކާއި ނުލާ ދިނުން އެންމެ ރަނގަޅުކަމަށް ރެކޮމެންޑް ކުރި ނަމަވެސް އެއީ ވަކި ގޮތަކަށް ގޮތެއް ނިންމުމަށް ބަޔާން ކުރަނީ އެއް ނޫން ކަމަށެވެ. އޭސީސީން ބުނީ އެގޮތަށް ރެކޮމެންޑް ކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ހުރިހާ މަގެއް ބަންދުކުރުމުގެ ބޭނުމުގައި ކަމަށެވެ.