Advertisement
ކ. މާލެ
|
6 ޑިސެންބަރ 2019 | ހުކުރު 13:03
ނައްތާލި ބައެއް ބަނގުރާފުޅިތައް
ނައްތާލި ބައެއް ބަނގުރާފުޅިތައް
ޕޮލިސް
ބަނގުރާ ނައްތާލުން
އައްޑޫ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
53 ފުޅި، ހަމެއްގައި ހުރި ބަނގުރާ ނައްތާލި
ގަން އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގާފައިވާ ބަނގުރާ ހިމެނޭ

އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، އައްޑޫ ސިޓީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ ބުރާސްފަތި ދުވަހު ނައްތާލާފައިވަނީ 2016 އިން މި އަހަރުގެ މިހާތަނަށް އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 53 ފުޅި ބަނގުރަލާއި ހަމެއްގައި ހުރި ބަނގުރާ ކަމަށެވެ.

މިތަކެއްޗަކީ ގަން އިންޓަރނޭޝަން އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރަލާއި އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

Advertisement

މީގެ އިތުރުން ފުލުހުން ބުނީ ބަނގުރަލާއި މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނެސްފައިވާ ބަދަލުތަކާއެކު، އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި މަސްތުވާތަކެތީގެ ތެރެއިން، އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު، ބާކީ ހުންނަ ބަނގުރަލާއި މަސްތުވާތަކެތި ވީއެންމެ އަވަހަކަށް ނައްތާލާ ކަމަށެވެ.

ބަނގުރާ ނައްތާލުން އައްޑޫ ސިޓީ ގަމުގައި ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް