Advertisement
ކ. މާލެ
|
6 ޑިސެންބަރ 2019 | ހުކުރު 11:18
ރައީސް ސޯލިހު ގައުމީ ކެޑޭޓް ކޭންޕަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން
ރައީސް ސޯލިހު ގައުމީ ކެޑޭޓް ކޭންޕަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ސޯލިހު
ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ގައުމީ ކެޑޭޓް ކޭންޕަށް ރައީސް ސޯލިހު ޒިޔާރަތްކުރައްވައިފި
ކޭންޕު ކުރިއަށްދާގޮތް ބައްލަވާލެއްވި
މިކޭންޕުގައި 32 ސްކޫލަކުން 118 ދަރިވަރުން ބައިވެރިވޭ
ކޭންޕް ކުރިއަށް ދަނީ އެމްއެންޑީއެފްގެ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި

ގައުމީ ކެޑޭޓް ކޯގެ ސުޕްރީމް ކޮމާންޑަރ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގިރިފުށީގައި ކުރިއަށްދާ 21 ވަނަ ގައުމީ ކެޑޭޓް ކޭންޕަށް ޒިޔާރަތްކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މިޒިޔާރަތުގައި ކޭންޕު ކުރިއަށްދާގޮތް ބައްލަވާލައްވައި، ކޭންޕުގެ ތެރެއިން ކެޑޭޓުންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ބައެއް ކްލާސްތައް ކުރިޔަށްދާގޮތް ވެސް ބައްލަވާލެއްވިއެވެ.

މިއަހަރުގެ ގައުމީ ކެޑޭޓް ކޭންޕު ކުރިއަށް ދަނީ މިމަހުގެ 1 އިން 12 އަށް އެމްއެންޑީއެފްގެ ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައެވެ.

Advertisement

މިކޭންޕުގައި 32 ސްކޫލަކުން 118 ދަރިވަރުން ބައިވެރިވެއެވެ. މީގެ އިތުރުން، އިންޓަނޭޝަނަލް ކެޑޭޓް އެކްސްޗޭޖް ޕްރޮގްރާމްގެ ދަށުން މި އަހަރުގެ ކޭންޕުގައި ހަތަރު ގައުމަކުން 16 ކެޑޭޓުންނާއި ހަތަރު އޮފިސަރުން ބައިވެރިވެއެވެ.

އެ ގައުމުތަކަކީ، ބަންގްލަދޭޝް، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް