ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 13:39
629 އަންހެނެއްގެ ނަން ހިމެނޭ ލިސްޓެއް ވަނީ އާއްމުވެފަ
629 އަންހެނެއްގެ ނަން ހިމެނޭ ލިސްޓެއް ވަނީ އާއްމުވެފަ
ގޫގުލް
ޕާކިސްތާނު
އަނބިންގެ ގޮތުގައި ޕާކިސްތާނުގެ 600 އަށްވުރެ ގިނަ ކުދިން ޗައިނާއަށް ވިއްކައިފި
 
629 އަންހެނެއްގެ ނަން ހިމެނޭ ލިސްޓެއް ވަނީ އާއްމުވެފަ

ޕާކިސްތާނުގެ އެކި ސަރަހައްދުތަކުން އަނބިންގެ ގޮތުގައި ޗައިނާގެ އިންސާނީ ވަގުވިޔަފާރީގެ ތެރެއަށް ވިއްކާލާފައިވާ 629 އަންހެނެއްގެ ނަން ހިމެނޭ ލިސްޓެއް އާއްމު ވެއްޖެއެވެ.

މި ލިސްޓް ލިބިފައިވާކަން އެސޯސިއޭޓެޑް ޕްރެސްއިން ވަނީ ރިޕޯޓްކޮށްފައެވެ. އެއެޖެންސީއިން ރިޕޯޓުކުރާ ގޮތުގައި މިލިސްޓް އެކުލަވާލީ އިންސާނީ ވަގުވިޔަފާރި ހުއްޓުވުމަށް މަސައްކަތްކުރާ ޕާކިސްތާނުގެ އިދާރާތަކުންނެވެ. އަންހެނުންނާއި ކުޑަކުދިންގެ ނަން ހިމެނޭ މި ލިސްޓް އާއްމުވިޔަސް، އެމީހުން ވިއްކާފައިވަނީ ޗައިނާގެ ބަޔަކަށް ކަމުން، މިމައްސަލަ މިހާރު އޮބިފައިވާކަމަށް ޕާކިސްތާނުގެ މަސްދަރުތަކާއި ހަވާލާދީ އޭޕީއިން ބުނެއެވެ. ސަބަބަކީ ޗައިނާއާއިއެކު ޕާކިސްތާނުން ބާއްވަމުންދާ ގާތްގުޅުމާއި، އެގުޅުމުގެ ތެރެއިން ޕާކިސްތާނުގައި ޗައިނާއިން ހިންގާ މަޝްރޫއުތަކަށް ބުރޫ އަރާފާނެކަމުގެ ބިރު އޮތުމުންނެވެ.

މިލިސްޓުގައި ގިނައިން ހިމެނެނީ ފަގީރު ހިސާބުތަކަށް ނިސްބަތްވާ އަންހެނުންނާއި ކުޑަ އަންހެން ކުދިންނެވެ. މަޖުބޫރީ ހާލަތުގައި އެކުދިންގެ އާއިލާއިން 2 ލައްކައެއްހާ ރުޕީސްއަށް އެކުދިން ވިއްކާލާއިރު، އެކުދިން ގަންނަ ޗައިނާ މީހުން 10 މިލިއަނެއްހާ ރުޕީސް އެކަމަށް މަގުފަހިކޮށްދޭ މީހުންނަށް ދޭކަމަށް ވެއެވެ.

މީގެ ކުރިންވެސް މިފަދަ މައްސަލަތައް ފެންމަތިވިނަމަވެސް، އެމައްސަލަތައްވެސް ވަކި ހިސާބަކުން އޮބިގެންދެއެވެ. އެގޮތުން ދާދިފަހުން މިދިޔަ އޮކްޓޯބަރު މަހުވެސް އިންސާނީ ވަގުވިޔަފާރީގެ މައްސަލައިގައި ޕާކިސްތާނުން ދައުވާކުރި ޗައިނާގެ 31 ރައްޔިތެއްގެ މައްސަލަ އޮބިގެން ދިޔައެވެ. އެމައްސަލައިގައި ހެކިބަސް ދޭން ތިބި ބައެއް މީހުންނަށް ބިރު ދައްކާފައިވާއިރު، އަނެއްބައި މީހުންނަށް ރިޝްވަތު ދީގެން އެމީހުންގެ ހެކިބަސް ނުދީ ހިފެހެއްޓިއެވެ.

އަދި މިމައްސަލަތައް ބަލަމުން ދިޔަ ޕާކިސްތާނުގެ ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީގެ މުވައްޒަފުންނަށްވެސް ސަރުކާރުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކޮށް، ބައެއް މީހުން މަގާމުން ދުރުކުރިކަމަށް، އިންސާނީ ވަގުވިޔަފާރި ހުއްޓުވުމަށް މަސައްކަތްކުރާ ޕާކިސްތާނުގެ އެކްޓިވިސްޓަކު ބުންޏެވެ. ހަމައެއާއިއެކު، އެފަދަ ކަންކަން ރިޕޯޓްކުރުމަށް މީޑިއާއަށްވެސް ވަނީ ހުރަސް އަޅާފައެވެ.

މިއަހަރުގެ ކުރީކޮޅު އެސޯސިއޭޓެޑް ޕްރެސްއިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި ޕާކިސްތާނުގެ ފަގީރު ހިސާބުތަކުގައި ދިރިއުޅޭ ކުޑަ އަންހެން ކުދިން އިންސާނީ ވަގުވިޔަފާރިއަށް ހުށަހެޅި، ޗައިނާގެ ފިރިހެނުން އެމީހުން "ގަތުން" ވަނީ އާއްމު ވެފައެވެ. އަދި އެފަދަ ކުދިން ޗައިނާއަށް ގެންގޮސް، ހަށިވިއްކުމުގެ ވިޔަފާރިއަށް އެކުދިން ވައްދާކަމަށްވެސް އެދިރާސާއިން ދައްކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
33%
56%
11%
0%
ކޮމެންޓް