Advertisement
ކ. މާލެ
|
5 ޑިސެންބަރ 2019 | ބުރާސްފަތި 00:40
ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މީހާ މަރާލެވުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ހުޅުމާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މީހާ މަރާލެވުނު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ޓްވިޓަރ
މީހަކު މަރާލުން
ހުޅުމާލޭގައި މީހަކަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލުމާއި ގުޅިގެން ވެހިކަލްތައް ޗެކްކުރަނީ
ވެހިކަލްގެ އިތުރުން މީހުން ވެސް ބަލާ ފާސް ކުރާނެ
ތުހުމަތު ކުރެވޭ މީހާ، ހޯދުމަށް ފޮރެންސިކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން
މަރާލީ 59 އަހަރުގެ ޓެކްސީ ޑްރައިވަރެއް

ހުޅުމާލޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާތީ އުޅަނދުތައް ބަލާފާސްކުރަން ފަށައިފި އެވެ.

Advertisement

މި ހާދިސާހާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު، ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުމުރުން 59 އަހަރުގެ ޓެކްސީ ޑްރައިވަރެއްގެ ގަޔަށް ވަޅި ހަރާ މާރާލާފައިވާ ކަމަށެވެ. އަދި ފުލުހުން ހުޅުލެ އާއި މާލެ އަދި އެއާޕޯޓް ސަރަހައްދުގެ ވެހިކަލްތަކާއި މީހުން ވެސް ބަލައިފާސް ކުރަމުން އަންނަ ކަމަށް ހަމީދު ވިދާޅުވިއެވެ.

މީގެ އިތުރުން ހަމީދު ވިދާޅުވީ މި މަރުގެ މައްސަލަ ސީރިއަސް ކްރައިމް ޑިޕާޓްމަންޓް އޮފް އިންވެސްޓިގޭޝަނުން ތަހުގީގު ކުރިއަށް ގެންދާ ކަމަށާއި، ތުހުމަތު ކުރެވޭ މީހާ، ހޯދުމަށް ފޮރެންސިކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އާންމުންގެ ފަރާތަކަށް އެނގޭނަމަ ހިއްސާކޮށްދިނުމަށް ހަމީދު ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓެއް ބުދަ ދުވަހުގެރޭ 9:07 ހާއިރު ފުލުހުންނަށް ލިބިގެން އެތަނަށް ދިޔައިރު އެމީހާ އެމްބިއުލާންސްގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް