Advertisement
ކ. މާލެ
|
4 ޑިސެންބަރ 2019 | ބުދަ 09:32
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް
ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރުމާއި ގާސިމް ދެކޮޅު!
ގެންނަ ބަދަލަކީ އަސާސީ ހައްގުތަކާއި މިނިވަން ކަމުގެ ބާބާއި ޚިލާފްވުން ބަދަލެއްކަމަށް ވިދާޅުވި
ރައްޔިތުންނަށް އެކަމުގެ ގެއްލުން ބުނެ ނުދެއްވާ ހުންނެވުމަކީ އަމިއްލަ ނަފްސަށް ގިލްޓީ ވާނެ ކަމެއް ކަަމަށް ވިދާޅުވި
ކައުންސިލަރުންގެ ދައުރު ފަސް އަހަރަށް ކަނޑައެޅުމަށް ތާއީދު ކުރައްވާކަމަށް ވިދާޅުވި

ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރުމަށް ނިންމި ނިންމުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ދެކޮޅު ހައްދަވައިފިއެވެ.

Advertisement

އަންގާރު ދުވަހުގެރޭ ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ހިންގާ ސިލްސިލާ ހަރަކާތުގެ ތެރެއިން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އަންހެނުން ބޭފުންނަށް ކައުންސިލްތަކުން ވަކި ޕަސެންޓެއް ދިނުމަށް މަޖުބޫރު ކުރުވަން މަޖިލީހުން ކުރާ މަސައްކަތަކީ ކަނޑައެޅިގެން ޤާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަން ކަމުގެ ބާބާއި ޚިލާފް ކަމެއް ކަމަށެވެ. ޤާސިމް ވިދާޅުވީ ޤާނޫނު އަސާސީއަށް އަންނަ ބަދަލުތަކަކީ ވަކި މީހަކު ނުވަތަ ބަޔަކު ކްރެޑިޓް ނަގަންޖެހޭ ކަމެއްގެ ގޮތުގައި އޮވެގެން ދިއުމަކީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.

އެހެން އެކަން ނުކުރެވޭނެ. ޤާނޫނު އަސާސީގައި އޮންނަނީ ކަނޑައެޅިގެން ވަކި ޖިންސަކުން، ވަކި ކުލަ އަކުން އަދި ވަކި ނަސަބަކުން އަޔަތީ ތަފާތު ނުކުރެވޭނެ ކަމަށް. އެހެންވީމާ ދެޖިންސުމުގެ ދެމެދުގައިވެސް އެ ތަފަތު ގެނައުމަށް ވަކި ބަޔަކަށް ވޯޓި ހޯދުމުގެ ބޭނުމުގައިވެސް ވަކި ޕަސެންޓެއް ކަނޑައަޅާއިދިނީމާ އެނެއްކޮޅުން އަންހެން ބޭފުޅުންނަށް އޯވަރރައިޑް ކުރެވޭ ފިރިހެނުންގެ ހައްގުތައް.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް

ޤާސިމް ވިދާޅުވީ އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގު ކޮންމެ މީހަކަށް އެބައޮތް ކަމަށެވެ. އަދި ވޯޓުން މަތީ ނަޓީޖާއެއް ހޯދައިގެން އާދެވޭ ކަމުގައި ވަނީ ނަމަ އަންހެން ބޭފުޅުންވެސް ނުކުމެވަޑައިގެން މަސައްކަތް ކުރައްވަންވީ ކަމަށް ޤާސިމް ވިދާޅުވި އެވެ.

ކައުންސިލް އެކަނި އެގޮތަށް ބަދަލު ކުރައްވަނީ ކީއްވެތޯ ސުވާލު އުފައްދަވާ ގާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ ކަންވެސް އެގޮތަށް ބަދަލު ނުކުރައްވަނީ ކީއްވެތޯ ސުވާލު ކުރައްވާފަ އެވެ.

ކީއްވެތޯ ކައުންސިލް އެކަނި. ރައްޔިތުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ ކަންވެސް ދެ ދައުރު ފިރިހެނަކު ކޮށްފިއްޔާ އަންހެން ބޭފުޅަކަށް ދޭންޖެހޭނެ ނޫންތޯ. ކީއްވެތޯ އެހެން ނަހައްދަވަންވީ. ހަމަ ހަދައްވީނުންތޯ. އެހެންވީމާ ކުރާ ކަންތަކާއި ބުނާ އެއްޗިއްސާއި ދެކޮޅު ޖެހެން ޖެހޭނެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ ވޯޓު ހޯދުމުގެ ބޭނުމުގައި އެކަން އޮގަތަށް ބަދަލުކުރެއްވި ނަވެސް ދިވެހި އަންހެން ކަނބަލުން އެހާ ގަމާރު ނޫން ކަމަށެވެ.

ކައުސިލް އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި 100 ޕަސެންޓް އަންހެން ބޭފޫޅުން ވާދަ ކުރުމުގެ ބާރު މިހާރު އެބައޮތް ކަމަށާއި ނަމަވެސް ވަކި ޖިންސަކަށް ލާމަރުކަޒީ ޤާނޫނަށް ގެންނަ ބަދަލަކީ އަސާސީ ހައްގުތަކާއި މިނިވަން ކަމުގެ ބާބާއި ޚިލާފްވުން ކަމަށެވެ. އަދި ވަކި ބަޔަކަށް މަންފާ ހޯދުމަށް އެ ގެނެވޭ ބަދަލާއި ގުޅިގެން ގެއްލުންތަކެއް ލިބިގެންދާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

މިއީ ފްރީ ސޮސައިޓީއެއް ބައްލަވާލައްވާ މާރިޔާ ދީދީ ބައްލަވާ ލައްވާ އީވާ އަބްދުﷲ ބައްލަވާލައްވާ ދިޔާނާ ސައީދު އެހެންގޮސް ކިޔަންވީނޫންތޯ ރޮޒައިނާ އާދަމް އެހެންގޮސް ކިތައްބޭފުޅުންތޯ. ކޮބައިތޯ އެބޭފުންނަށް ނުކުރެވުނު ކަމެއް. އެބޭފުޅުން ކުރިމަތިލެއްވި ކަމެއް ކުރިމަތި ލައްބވައިގެން ނުކުންނެވި ކަމެއް ކާމިޔާބު ނުކުރައްވާފައި. މިކހަލަ ކިތައް ބޭފުޅުންގެ ވާހަކަތޯ ދައްކަންވީ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް

ޤާސިމް ވިދާޅުވީ ކައުންސިލްތަކުން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރުމާއި ގުޅޭގޮތުން ވާހަކަ ދެއްކެވީ ވަކި ބަޔަކަށް ފާޑު ކިޔުމުގެ ނިޔަތުގައި ނޫން ކަމަށާއި އެ ވާހަކަ ދެއްކެވީ ބަޔަކު ސިޔާސީ މަންފާ ހޯދަން މިފަދަ ކަމެއް ކުރާއިރު ރައްޔިތުންނަށް އެކަން ބުނެ ނުދެއްވާ ހުންނެވުމަކީ އަމިއްލަ ނަފްސަށް ގިލްޓީ ވާނެ ކަމަކަށް ވާތީ ކަމަށެވެ. އެ ގެނެވޭ ބަދަލަކީ މިނިވަން ކަމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް ކަމަށާއި މިނިވަން ކަމުގެ ބޭންޑް އަޅުއްވައިގެން ތިއްބަވާ އެފަދަ މުނާފިގު ކަންތައް ނުކުރެއްވުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

ކައުންސިލަރުންގެ ދައުރު ފަސް އަހަރަށް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން ހަމަޖެއްސުމުން އެކަމުން އެކަމަށް އެކަމަށް ތަޢިދު ކުރައްވާކަން ގާސިމް ހާމަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
4 ޑިސެންބަރ 2019 | ބުދަ 09:55
ސީދާ
އަންހެންވެރިން އެއްވެސް ކަމެއްގައި ގިނަކުުރުމަކީ ރަނގަޅުކަމެއްނޫން ދީނީގިތުންވެސް އެހަރަނގަޅުކަމެއްނޫން އެމީހުންގެ ތެރޭން ބައެްމީހުންގެ މަސްލަޙަތަު ވަރަށް ގޯސްވާނެ