Advertisement
ކ. މާލެ
|
3 ޑިސެންބަރ 2019 | އަންގާރަ 23:00
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް
ޝުއައިބް މުހައްމަދު އިގްބާލް
މިނިމަމް ވޭޖް
ދިރިއުޅުމުގެ ހަރަދުތައް މުސާރައިގެ ދެގުނައަށް އަރާތީ މިނިމަމް ވޭޖް ބޮޑު ކުރަން ޖެހޭ: ސީއެސްސީ
ސިވިލްސާރވިސްގައި އެންމެ ކުޑަ މުސާރައަކަށް އުޅެނީ 5083 ރުފިޔާ ކަމަށް ވިދާޅުވި
ވެރިންގެ ގޮތުގައި ތިބޭ ފަރާތްތަކަށް ވެސް 10000 ރުފިޔާ ވެސް ނުޖެހޭ ކަމަށް ވިދާޅުވި
އެންމެ ކުޑަމިނުން ދެވޭ އުޖޫރައެއް ކަނޑައެޅުމުގައި ފޯމިއުލާތަކެއް ގެންގުޅޭ ކަމަށް ވިދާޅުވި

ދިރިއުޅުމުގެ ޚަރަދުތައް މުސާރައިގެ ދެގުނައަށް އަރާތީ މިނިމަމް ވޭޖް ބޮޑު ކުރަން ޖެހޭ ކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ އަންގާރަ ދުވަހުގެރޭ ބޭއްވި މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލު ޑްރާފްޓު ކުރުމަށް އެކުލަވާލި ސަބްކޮމެޓީގެ ބައްދަލުވުމުގައެވެ.

Advertisement

ޝަމީމް ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައެޅުމަށް ބަލާއިރު ސިވިލްސަރވިސްގައި އެންމެ ކުޑަ މުސާރައަކަށް އުޅެނީ 5083 ރުފިޔާ ކަމަށެވެ. އަދި ވެރިންގެ ގޮތުގައި ތިބޭ ފަރާތްތަކަށް ވެސް 10000 ރުފިޔާ ވެސް ނުޖެހޭ ކަމަށް ވިދާޅުވެ ޝަމީމް ވިދާޅުވީ ދިރިއުޅުމުގެ ޚަރަދުރައް އެއަށް ދެގުނައަށް އަރާ ކަމަށެވެ. އެހެން ކަމުން އެންމެ ކުޑަ މިނުން ދެވޭ އުޖޫރަ ބޮޑުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސް އަށް ބަލާލާއިރު އެންމެ ކުޑަމިނުން ދެވޭ އުޖޫރައެއް ކަނޑައެޅުމުގައި ފޯމިއުލާތަކެއް ގެންގުޅޭ ކަމަށް ވިދާޅުވިއެވެ.

ފުރަތަމަ ކަމަކީ ސަރުކާރުން ދިރާސާކޮށްފައި ކޮންސަލްޓޭޝަން ބޭސިސް، މަޝްވަރާއާއި އެކީގައި އަދަދުތަކެއް ކަނޑައަޅާނީ. އަނެއް ގޮތަކީ ކަލެކްޓިވް ބަރގެއިނިންގް ގޮތުގައި އެކި އެކި ޔޫނިއަންތަކާއި އަދި ވަޒީފާ ދޭފަރާތްތަކާއި އެކީ މަޝްވަރާކޮށްގެން އެމީހުން ނިންމާ ނިންމުންތަކެއްގެ މަތިން ގެންދިއުން. ސްވިޓޒްލޭންޑް ތަންތާގައި އެކަހަ ގޮތަކަށް މިގެންދަނީ. ތިންވަނަ ގޮތަކީ ސަޕްލައި އެންޑް ޑިމާންޑް، މީހުން ލިބެން އޮތް އަދަދާއި މަސައްކަތްތެރިންނާއި މަސައްކަތްތެރިންގެ ޕްރޮފެޝަން ނުވަތަ މަސައްކަތް ދާއިރާ އަށް ލިބެން ހުރި އަދަދަށް ބަލާފައި ދެން ޑިމާންޑާއި އެކީގައި މާކެޓް މިއޮންނަ މެކޭނިޒަމްގެ ތެރެއިން އެ އަދަދުތައް ކަނޑައެޅުން
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް

އޭނާ ވިދާޅުވީ ރާއްޖޭގެ ޙާލަތަކީ ވަރަށް ނާޒުކު އެއްޗެއް ކަމަށާއި އެހެން ކަމުން ސަޕްލައި އެންޑް ޑިމާންޑަކަށް ނުބެލެވޭނެ ކަމަށެވެ. ނަމަވެސް ބާރގެއިނިންގް އެއީ ގެންގުޅެވިދާނެ އުޞޫލެއްކަން ފާހަގަކުރެއްވިއެވެ.

މިނިމަމްވޭޖު ކަނޑައެޅުމުގެ ބިލެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރަމުންދާއިރު މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދެއްގެ އިތުރުން ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެޖެންޑާ 19 ގެ ވައުދު ތަކުގެ ތެރެއިން ވައުދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
4 ޑިސެންބަރ 2019 | ބުދަ 09:05
މަރީ
ތި ޝަމީމަކީ މާހަކަ ހަމަޖެހޭވާހަކަ ދައްކާ މީހެއްނޫން. ދުރުކުރޭ