Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 20:27
ޔުނާން ޕްރޮވިނެންސްގެ ގަވަރުނަރު ރުއާން، މިނިސްޓަރު ޝާހިދުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ޔުނާން ޕްރޮވިނެންސްގެ ގަވަރުނަރު ރުއާން، މިނިސްޓަރު ޝާހިދުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީ
ޔުނާން ޕްރޮވިންސްގެ ގަވަރުނަރު މިނިސްޓަރު ޝާހިދާ ބައްދަލު ކުރައްވައިފި
ދެގައުމުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުންތަކާ މެދު މަޝްވަރާކުރެއްވި
ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން ވެސް މަޝްވަރާ ކުރެއްވި

ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ރުއާން ޗެންގްފަރ މިނިސްޓަރ އޮފް ފޮއިން އެފެއަރޒް އަބްދުﷲ ޝާހިދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ހޯމަ ދުވަހު ފޮރިން މިނިސްޓްރީގައި އޮތް ބައްދަލުވުމެއްގައި މިނިސްޓަރު ޝާހިދު ވަނީ ގަވަރުނަރަށް މަރުޙަބާ ދަންނަވާ ދެޤައުމުގެ ދެމެދުގައި ހެދިފައިވާ އެއްބަސްވުންތަކާ މެދު މަޝްވަރާ ކުރައްވާފައެވެ.

Advertisement

ފޮރިން މިނިސްޓްރީން ބުނީ މިބައްދަލުކުރެއްވުމުގައި ވިޔަފާރި، ޓޫރިޒަމް، ދަނޑުވެރިކަން، ކުޅިވަރު، އަދި ތަޢުލީމް އަދި އެހެނިހެން ދާއިރާތަކުން އިތުރަށް ހަރުދަނާކޮށް، ކުރިއެރުވިދާނެ ގޮތްތަކާ މެދު ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ދެޤައުމުގެ ގުޅުން ބަދަހި ކުރުމަށް ވެސް މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ގަވަރުނަރު ރުއާން ވަނީ މިނިސްޓަރ ޝާހިދަށް ދެޤައުމު ގުޅިގެން އެއްބަސްވާ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށް ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގަައި މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ވެސް އަރުވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
2 ޑިސެންބަރ 2019 | ހޯމަ 23:17
މިވެރިންނަށް އެނގޭބާ
ޗައިނާގެމުަސްލިމުންނާއި،ހޮންކޮންގް ގް ލާއިންސާނީ އަނިޔާވެރި ޙަބަރުތައް މިވެރިންނަށް އެނގޭބާ
2 ޑިސެންބަރ 2019 | ހޯމަ 21:33
އިންސާނިޔަތު!
https://www.theguardian.com/commentisfree/2019/oct/31/china-uighurs-muslims-religious-minorities-marco-rubio