Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 17:10
ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕޮލިސް
ފުލުހުން
ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުން ހުވާ ކޮށްފި
ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަބްދުﷲ އަލީ
ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 56 ފުލުހުން
ސްޕެޝަލް ކޮންސްޓަބްލަރީ 06 ފުލުހަކު ވެސް ވަނީ ހުވާކޮށްފައި

ފުލުހުންގެ ޚިދުމަތާއި އަލަށް ގުޅުނު ފުލުހުންނާއި ސްޕެޝަލް ކޮންސްޓެބެލެރީ ފުލުހުން، މަސްއޫލިއްޔަތު އަދާކުރުމަށް ނުކުތުމުގެ ކުރިން ކުރަންޖެހޭ ގާނޫނީ ހުވާ ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ހޯމަ ދުވަހު އިސްކަންދަރު ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ އިސް ޤާޟީ އަބްދުﷲ އަލީއެވެ.

މިރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވުމަށްފަހު ސިވިލް ކޯޓުގެ އިސް ޤާޟީ އަބްދުﷲ އަލީ ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ހުވަޔަކީ ވަރަށް އަގުހުރި އެއްޗެއްކަމާއި މާތް ﷲ ގަންދީ ހުވާކޮށްގެންހުރެ ހުވަޔާއި ޚިލާފުވެއްޖެނަމަ އެކަމުގެ އުޤޫބާތް އެމީހަކަށް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ. އަދި ހުވާގެ މުހިންމުކަމާ ބެހޭގޮތުން އަލިއަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ.

Advertisement

މިރަސްމިއްޔާތުގައި ހުވާކޮށްފައިވަނީ ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 56 ފުލުހުންނާއި ސްޕެޝަލް ކޮންސްޓަބްލަރީ 6 ފުލުހުންނާއެކު ޖުމްލަ 62 ފުލުހުންނެވެ.

މިރަސްމިއްޔާތުގައި، ހުވާކުރުމަށްފަހު ހުވާގެ ލިޔުމުގައި ފުލުހުން ސޮއިކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް