Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 16:29
އެމްއެންޑީއެފްގެ ދުވުމެއްގެ ތެރެއިން
އެމްއެންޑީއެފްގެ ދުވުމެއްގެ ތެރެއިން
އެމްއެންޑީއެފް
އެމްއެންޑީއެފް
ސިފައިންގެ މައި މަރުކަޒަށް ވޭނެއްގައި ބިދޭސީއަކު ވަތް މައްސަލަ ބަލަނީ
އެވޭނުގައި އިތުރު މީހަކު ނެތް
އެއީ ސީ ބޯޑު ޖަހާފައި އިން ވޭނެއް
ޝައްކުކުރެވޭ ފަދަ ކަމެއް ފެނިއްޖެނަމަ ރިޕޯޓު ކުރުމަށްވަނީ އިލްތިމާސްކޮށްފައި

ސިފައިންގެ މައި މަރުކަޒު ބަންޑާރަކޮށްޓަށް ވޭނެއްގައި މީހަކު ވަތް މައްސަލަ ފުލުހުންނާ ގުޅިގެން ތަހުޤީޤު ކުރަމުންދާ ކަމަށް މޯލްޑިވުސް ނެޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން މިހެން ބުނެފައި މިވަނީ، ބަންޑާރަކޮށްޓަށް ވޭނެއްގައި މީހަކު ވަދެ، އެމަރުކަޒު ''ގޮއްވާލާނެ" ކަމުގެ އިންޒާރު ދިން ކަމަށް ބުނެ، ބައެއް މީޑިއާތަކުން ޚަބަރު ފެތުރުމުންނާއި ގުޅިގެންނެވެ.

އެމައްސަލައާ ގުޅިގެން އެމްއެންޑީއެފުން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، 18 ނޮވެމްބަރު 2019 ވީ ހޯމަ ދުވަހުގެރޭ، 21:00 ހާއިރު ބަންޑާރަކޮށި މައި ގޭޓުން ވޭނެއެއް ވަނުމާއެކު އެވަގުތު އެއުޅނަދު ހުއްޓުވާފައިވާ ކަމަށެވެ. އަދި ހުއްޓުވައި ޗެކު ކުރި އިރު ވޭން، ދުއްވަން އިނީ ބިދޭސީ މީހެއް ކަމަށާއި، އެއުޅަނދުގައި އިތުރު މީހަކު ނެތް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

މީގެ އިތުރުން އެމްއެންޑީއެފުން ވަނީ އެއްވެސް ގޮތަކަށް ޝައްކުކުރެވޭފަދަ އެއްވެސް ބާވަތެއްގެ ކަމެއް މީހެއްގެ ފަރާތުން ފެނިއްޖެހިނދެއްގައި، އެކަން ސަލާމަތީ ޚިދުމަތްތަކުގެ ސަމާލުކަމަށް ލަސްނުކޮށް ހިއްސާކުރުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އާ ގުޅިގެން އިތުރަށް ތަހުޤީޤު ކުރަމުންދާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީއަށް މަޢުލޫމާތު ދިންގޮތުގައި، ބިދޭސީ މީހާ ބަންޑާރަކޮށްޓަށް ވަދެ، އެތަނުގައި ތިބި ސިފައިން ގައިގައި ތަޅައިގަނެ އެތަން ގޮއްވާލާނެ ކަމުގެ އިންޒާރުދީފައިވާ ކަމަށެވެ. މިޙާދިސާއާ ގުޅިގެން އެމްއެންޑީއެފުގެ ސެކިއުރިޓީ ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް