Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 12:57
މާލޭ ސިޓީ
މާލޭ ސިޓީ
އެޑިޝަން.އެމްވީ
ޕޮލިސް
މާލެ ގެއަކުން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
މަރުވެފައި އޮއްވާ ފެނުނީ 60 އަހަރުގެ ފިރިހެނެއް
ފުލުހުން އެތަނަށް އެޓެންޑްވީ އެ މީހާގެ ހަބަރެއް ނުވާތާ ގިނަ އިރު ވެގެން
އޭޑީކޭގެ ޕެރަމެޑިކް ޑޮކްޓަރު ވަނީ އެ މީހާ މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައި

60 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މީޑީއާ އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މާފަންނު ގެއެއްގެ ކޮޓަރިއެއްގައި އޮތް މީހަކު ހަބަރެއް ނުވެގެން އުޅޭ ކަމުގެ މައުލޫމާތި ލިބިގެން 10:19 ހާއިރު އެމްއެންޑީއެފް އިން ފުލުހުންނަށް ގުޅައި މައުލޫމާތު ދީފައި ވާކަމަށެވެ.

Advertisement

އެގޮތުން އެމީހާ މަރުވެފައިވާކަން އޭޑީކޭ ހޮސްޕިޓަލްގެ ޕެރެމެޑިކް ޑޮކްޓަރ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންބުނީ ގޭގެ ސިޑި ހުރި ގޮތުން، މީހާ ބޭލުމުގައި ދަތިތަކެއް ދިމާވުމުން މީހާ ބޭލުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އާއި ފުލުހުން ގުޅިގެން ކުރިއަށްދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް