Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 11:18
މަޖިލީހުގައި އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރައްވަނީ
މަޖިލީހުގައި އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރައްވަނީ
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކުރައްވަނީ
ޕީޕީއެމް-ޕީއެންސީ މެމްބަރުން ގެންދަވަނީ ރައީސް ޔާމީން ވަގުތުން ވަގުތުން ދޫކޮށްލުމަށް ގޮވާލާ އަޑުގަދަ ކުރައްވަމުން

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރަން ފަށައިފި އެވެ.

ހޯމަ ދުވަހުގެ ޖަލްސާ ހުސްވަގުތުކޮޅަށްފަހު 11 ޖެހީއިރު ފެށުމާއެކު އިދިކޮޅު ޕީޕީއެމް-ޕީއެންސީ މެމްބަރުން ގެންދަވަނީ ރައީސް ޔާމީން ވަގުތުން ވަގުތުން ދޫކޮށްލުމަށް ގޮވާލާ އަޑުގަދަ ކުރައްވަމުންނެވެ. އަދި ސިޔާސީ ހައްޔަރީން ދޫކޮށްލުމަށްވެސް އެމެމްބަރުން ގެންދަވަނީ މަޖިލީހުގެ ތަޅުމުގައި ގޮވާލައްވަމުންނެވެ.

Advertisement

އިދާރީ މޭޒުގެ ކުރިމަތީގައި ރައީސް ޔާމީންގެ ފޮޓޯ ހިއްޕަވައިގެން ތިއްބަވާ އެމެމްބަރުން އަޑުގަދަ ކުރައްވަމުން ގެންދަވާއިރު މަޖިލީހުގެ ރައީސް ގެންދަވަނީ އެމެމްބަރުންނަށް އިހުތިޖާޖު ކުރެއްވުމަށް ފުރުސަތު ދެއްވަމުންނެވެ. އެގޮތުން އިހުތިޖާޖު ކުރައްވާ މެމްބަރުން ފިޔަވައި އެހެން މެމްބަރުން މަޑުންތިއްބަވާ ޖަލްސާގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ މެމްބަރުންނަށް އަންގަވާފަ އެވެ.

މަޖިލީހުގައި އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރައްވަނީ

ކުރީގެ ރައީސް ޔާމީން މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރ ކުރުމުގެ ދައުވާ ސާބިތުވެ އެމަނިކުފާނަށް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި އެމަނިކުފާނު މިހާރު ހުުންނެވީ ޖަލު ހުކުމް ތަންފީޒު ކުރުމަށް މާފުށީ ޖަލުގަ އެވެ.

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ މާލޭގައިވެސް ޕީޕިއެމް ޕީއެންސީ މެމްބަރުން ގެންދަނީ ކޮންމެ ރެއަކު މުޒާހަރާ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް