Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 10:48
ރައްޔިތުންގެ މަޖިލީސް
ރައްޔިތުންގެ މަޖިލީސް
މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޑިސެމްބަރ 7 އާ ހަމައަށް މިދައުރު ކުރިޔަށް ގެންދިޔުމަށް ހުށަހަޅައިފި
ކުރިން ވަނީ ޑިސެމްބަރ 5 އާ ހަމައަށް ޖަލްސާތައް ކުރިޔަށް ގެންދިޔުމަށް ފާސްކޮށްފައި
މަޖިލީހުގެ ގަވައިދު ބުނާގޮތުން ތިން ވަނަ ދައުރު ހިނގާނީ ނޮވެމްބަރ މަހުގެ ނިޔަލަށް

ޑިސެމްބަރ 7 އާ ހަމައަށް މިދައުރު ކުރިޔަށް ގެންދަންޖެހޭ ކަމަށާއި އެކަމަށް ވޯޓަށް އަހާ ގަޑީގައި ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި މިދައުރުގެ 71 ވަނަ ޖަލްސާގައި ވަނީ މިދައުރުގެ ޖަލްސާތައް ޑިސެމްބަރ 5 އާ ހަަމައަށް ކުރިޔަށް ގެންދިޔުމަށް ފާސްކޮށްފަ އެވެ. ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިދައުރުގެ ކުރަން ހުރި މަސައްކަތްތައް ނިންމުމަށް 7 ޑިސެމްބަރާ ހަމައަށް ޖަލްސާތައް ކުރިޔަށް ގެންދަންޖެހޭ ކަމަށެވެ.

Advertisement

މަޖިލީހުގެ ޤަވައިދު ބުނާގޮތުން ތިންވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ އޮކްޓޯބަރ މަހުގެ 1 ން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

މިދައުރުގައި ކުރިން ހުރި މުހިންމު މަސައްކަތްތަކަށް ބަލާލާއިރު ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރުމުގެ މަސައްކަތާއި، މިނިމަމް ވޭޖް ކަނޑައެޅުމާއި ގުޅޭ ބިލާއި، އިންކަމް ޓެކްސް ނެގުމުގެ ބިލުގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. މީގެއިތުރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމަކީވެސް މިދައުރު ތެރޭގައި މަޖިލީހުން ކުރަންޖެހޭ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް