Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 10:54
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ތިމަރަފުށީގެ ސިއްހީ ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް އަންނާނީ ބަޖެޓްގެ ތެރެއިން ލިބޭ މިންވަރަކުން: މިނިސްޓަރ
ހޮސްޕިޓަލް އެޅުމަށް ކުރެހުމާއި ލިޔެކިޔުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި
މިއަހަރުގެ ބަޖެޓްގައި މިމަސައްކަތަށް ހިމަނާފައިވާ ފައިސާއަކީ އެމަސައްކަތް ކުރުމަށް އެކަށޭނެ ފައިސާ އެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވި

ތ. ތިމަރަފުށީގެ ސިއްހީ ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ކުރިޔަށް އޮތް އަހަރުގެ ބަޖެޓް ފާސްވެގެންދިޔުމުން ބަޖެޓްގެ ތެރެއިން ފަހިވާ މިންވަރެއްގެ މައްޗަށް ބަލާ އެ މަސައްކަތް ކުރިޔަށްދާނެކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒު ތިމަރަފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާ މިހާތަނަށް އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ފަށާފައިނުވާތީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚާއި ގުޅޭގޮތުން އެއްސެވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލް އެޅުމަށް ކުރެހުމާއި ލިޔެކިޔުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ވަނީ ނިމިފައިކަމަށެވެ. މިއަހަރުގެ ބަޖެޓްގައި މިމަސައްކަތަށް ހިމަނާފައިވަނީ 1 މިލިއަން ރުފިޔާ ކަމަށާއި މިއީ އެމަސައްކަތް ކުރުމަށް އެކަށޭނެ ފައިސާ އެއް ނޫންކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ ތިމަރަފުއްޓަކީ އެއަރޕޯޓް ހުރި ރަށަކަށްވާތީ އެރަށުގެ ސިއްހީ ނިޒާމަށް ބަދަލު ގެންނައިރު އެކަމަށް އިސްކަންދެއްވާނެ ކަމަށެވެ.

ތިމަރަފުއްޓަކީ އެއަރޕޯޓް ހުރި ރަށެއް ވީމާ އެއަރޕޯޓާ ގުޅިގެން އިމަރޖެންސީގައި ދޭންޖެހޭ ފަރުވާތަކަށް ވަރަށް ބޮޑު އިސްކަމެއް ދެވޭނެ. އެއީ ތިމަރަފުށީގެ ސިއްހީ ތަރައްޤީއަށް އެންމެ ބޮޑު އަމާޒު. އެހެންވީމާ ތިމަރަފުށީގެ ރައްޔިތުންނަށް އެކަށީގެންވާ ތިމަރަފުށި ހުރި ސަރަހައްދަށް އެކަށީގެންވާ ފަރުވާ ލިބިދެވޭނެ. ހަމައެއާއެކު އެސަރަހައްދުގައި ރައްޔިތުންގެ ދުޅަހެޔޮކަމަށް މީގެން ހެޔޮ އަސަރު ކުރާނެ.
ހެލްތު މިނިސްޓަރ އަބްދުﷲ އަމީން

ތިމަރަފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާއިރު މިއަހަރުގެ މާރޗް މަހުގެ ތެރޭގައި ހޮސްޕިޓަލް އަޅާނެކަމަށް ސަރުކާރުން ވަނީ އިއުލާންކޮށްފަ އެވެ. އަދި ހޮސްޕިޓަލްގެ ކުރެހުން ކައުންސިލަށް ހުށަހަޅައި އެޕްރޫވް ކޮށްފައިވާއިރު، ހޮސްޕިޓަލް އިމާރާތްކުރުމަށް ވަނީ ބިންވެސް ވަކިކޮށްފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރައްވަމުން އަބްދުﷲ ރިޔާޒު ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހޮސްޕިޓަލް ތަރައްގީކުރުން ހިމަނާފައި ނެތުމަކީ ރައްޔިތުންގެ އެންމެބޮޑު ކަންބޮޑުވުން ކަމަށް ވިދާޅުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް