Advertisement
ކ. މާލެ
|
2 ޑިސެންބަރ 2019 | ހޯމަ 09:41
ގާޒީ އަހުމަދު ހައިލަމް
ގާޒީ އަހުމަދު ހައިލަމް
ރައީސް އޮފީސް
މަޖިލިސް 2019
ހައިލަމާއެކު، ދެ މެޖިސްޓްރޭޓަކު ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް
އޭގެތެރޭގައި ހިމެނެނީ ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢައިނާނު އަލީ މުހައްމަދު
ރ، މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަދުނާނު ހުސައިން ފަނޑިޔާރުކަމުން ވަކިކުރަންވެސް ޖޭއެސްސީން ވަނީ ނިންމާފަ

ތިން ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.

ފަނޑިޔާރުކަމުން ވަކި ކުރުމަށް ޖޭއެސްސީއިން ނިންމާ މަޖިލީހަށް ފޮނުވާފައިވަނީ ސަސްޕެންޑް ކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް، ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢައިނާނު އަލީ މުހައްމަދާއި، ރ. މާކުރަތު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަދުނާނު ހުސައިންއެވެ.

ގާޒީ ހައިލަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ކޮމިޝަނުން އާދިއްތަ ދުވަހުގެރޭ ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގަ އެވެ. ފަނޑިޔާރުކަމުން ގާޒީ ހައިލަމް ވަކިކުރަން ޖޭއެސްސީން ނިންމާފައި ވަނީ ސުލޫކީ މައްސަލަތަކެއް އެކޮމިޝަނުން ބެލުމަށްފަހު، އެކަން ސާބިތުވާ ކަމަށް ކޮމިޝަނުގެ މެމްބަރުންގެ އިއްތިފާޤުން ނިންމުމާ ގުޅިގެން ނެވެ.

ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ، ނަސްރުގެ ދުވަސް ކަމަށްވާ ނޮވެމްބަރު 3 ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ ވައިބަރ ގުރޫޕަށްލުމާ ގުޅިގެން ނެވެ. ގާޒީ ހައިލަމް ސަސްޕެންޑް ކޮށްފައިވަނީ އެކަން ފަޅާއަރައި، ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު އެވެ. ހައިލަމް ސަސްޕެންޑް ކުރި ދުވަހަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަނީ ލޯންޑަރިންގ ދައުވާގެ ހުކުމް ކުރުމަށް އޮތް ދުވަހެވެ.

ހައިލަމް ސަސްޕެންޑް ކުރުމާގުޅިގެން ކްރިމިނަލް ކޯޓުގެ ހިންގުން އެކޯޓުގެ ގާޒީ އަލީ ރަޝީދުއާ ވަގުތީ ގޮތުން ޖޭއެސްސީން ވަނީ ހަވާލުކުރައްވާފަ އެވެ.

Advertisement

ފަނޑިޔާރުކަމުން ވަކިކުރަން ނިންމާފައިވާ، ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ޢައިނާނު އަލީ މުހައްމަދު 60 ދުވަހުގެ މުއްދަތަށް ފަނޑިޔާރުކަމުގެ މަސައްކަތުން ދުރުކުރުމަށް ވެސް ނިންމާފައިވެއެވެ.

ޖޭއެސްއީން އާދިއްތަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނީ އައިނާނުއާއި އަދުނާނު މެޖިސްޓްރޭޓް ކަމުން ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ފޮނުވާފައިވަނީ އެ ދެ މެޖިސްޓްރޭޓުންނާ ގޫޅޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަތައް ސާބިތުވެފައިވާތީ ކަމަށެވެ. އަދި އެ ދެ މެޖިސްޓްރޭޓުންގެ ކިބައިގައި ހުރިން ލާޒިމުކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލެއް ކޮށްފިކަމަށް ކޮމިޝަނަށް އިއްތިފާގުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެހެންނަމަވެސް ދެ މެޖިސްޓްރޭޓުންނަށް ސާބިތުވީ ކޮން ސުލޫކީ މައްސަލައެއް ކަމަށް އަދި އެކަމުގެ އެއްވެސް ތަފްސީލެއް ޖޭއެސްސީގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.

ޖޭއެސްސީން ފަނޑިޔާރަކު، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ނިންމި ނަމަވެސް، ފަނޑިޔާރުކަމުގެ މަގާމުން ވަކިވާނީ، ޖޭއެސްސީގެ ނިންމުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، މަޖިލީހުގައި ވޯޓަށް އަހައި ފާސްވެގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
2 ޑިސެންބަރ 2019 | ހޯމަ 11:09
ރޮނޑާ
މިސޮރުމެނައް ރަގަޅު ގޮތެއް ހަދާދެވ،ެކައް ނެތްތަ؟އެތަކެއް ޒަމާން ވަންދެން އަގައިން ބަހެއް ބުނެލޫން އިތުރު މަސައްކަތެއް ކުރަން ދަސްވެފަ ތިބި ބައެއް ނޫން. އަތުން ފައިން މަސައްކަތެއް ނުކޮއް ލިބޭ ބޮނޑު މުސާރައިން ދިރި އުޅުން ބިނާކޮއްގެން ތިއްބާ ތިހެން ހެދީމަ ދ ެެެެ ން ވާނީ ކިވިނެއް..