Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 18:17
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް
ރާއްޖެއެމްވީ
މިނިސްޓަރ އަސްލަމް
އަމާޒަކީ އަންނަ އަހަރު 'ޑޮމެސްޓިކް މެރިޓައިމް ޕަބްލިކް ޓްރާންސްޕޯޓު' ނިޒާމެއް ގާއިމު ކުރުމުގެ މަަސައްކަތް ފެށުން
މިހެން ވިދާޅުވީ ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން
މިނިސްޓަރ ވިދާޅުވީ ނިޒާމު ގާއިމު ކުރެވުމުން ރަށްތަކަށް ފަސޭހަކަމާއި އެކު ވަކި ގޮތަކަށް ތާވަލު ކުރެވިގެން ދަތުރު ކުރެވޭނެ ކަމަށް
އިތުރު ހައެއްކަ އެއަރޕޯޓުތައް އަޅަން ޖެހޭ ކަމަށް ވިދާޅުވި

މި ސަރުކާރުގެ އެންމެ ބޮޑު ޢަމާޒަކީ' ޑޮމެސްޓިކް މެރިޓައިމް ޕަބްލިކް ޓްރާންސްޕޯޓު' ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް ފެށުން ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުރިހަމަ ވަމުންދާއިރު ރާއްޖެއަކީ ޖަޒީރާ ޤައުމެއްކަން ހަނދާން ކުރަންޖެހޭ ކަމަށެވެ. އަދި ކަނޑުގައި ދަތުރުފަތުރު ކުރުން އެއީ މުހިއްމުކަމެއްކަން ހަނދާން ކުރަންޖެހޭ ކަމަށެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިހެން އެއަރޕޯޓެއް ނޭޅުނު ނަމަވެސް އުދުހިފައި އެއްތަނުން އަނެއްތަނަށް ކޮންމެ ދުވަހަކު ދަތުރު ނުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެ އުފެދިފައި އޮތް ގޮތުން 'ޕަބްލިކް ޓްރާންސްޕޯޓު' ގެ ނިޒާމެއް ގެނެސްދޭން ޖެހޭ ކަމަށެވެ. އަދި އެ ނިޒާމު ރާއްޖެއިން ގެނެސްދެވެން އޮތީ ' ޑޮމެސްޓިކް މެރިޓައިމް ޓްރާންސްޕޯޓު' ނިޒާމެއްގެ ތެރެއިން ކަމަށެވެ.

Advertisement

އަދި 'ޑޮމެސްޓިކް މެރިޓައިމް ޕަބްލިކް ޓްރާންސްޕޯޓު' ނިޒާމު ޤާއިމު ކުރެވިގެން ދިއުމުން އެއަރޕޯޓުން ފުރައިގެން ޖެހިގެން އޮންނަ ރަށަށް ނޫނީ ރަށްތަކަށް ފަސޭހަކަމާއި އެކު ވަކި ގޮތަކަށް ތާވަލު ކުރެވިގެން، ވަކި ފެންވަރެއްގެ އުޅަނދެއްގައި ދަތުރު ކުރެވޭނެ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރުގައި އެ މަސައްކަތް ފެށި ނަމަވެސް އެ ސަރުކާރު ނިމި ގޮސް، ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އޭރު ފެއްޓި ނިޒާމު ހަރުދަނާކުރެވިފައި ނުވާކަމަށް ވިދާޅުވިއެވެ. އަދި އޭރު އެ އެ ނިޒާމު ހަރުދަނާ ކުރެވުނު ނަމަ، މިއަދު އަލުން އެ މަސައްކަތް ފަށަން ނުޖެހުނީސްކަން ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުންވެސް ފުރައިގެން އެންމެ ގިނަވެގެން 20 މިނެޓު ތެރޭގައި އެއަރޕޯޓަކާއި ހަމަޔަށް ދެވުން ކަމަށެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އިތުރު އެއަރޕޯޓުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުން ކަމަށެވެ. އެގޮތުން މިހާރު ތަރައްޤީކުރަމުން އަންނަ އެއަރޕޯޓުތަކުގެ އިތުރަށް ހައެއްކަ އެއަރޕޯޓު އަޅަން ޖެހޭ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އުއްމީދަކީ މިހާރު މިއޮތް ސަރުކާރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ކުރިން އިޝާރާތް ކުރެއްވި އެއަރޕޯޓުތައް އަޅާ ނިންމުން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އިތުރަށް އެއަރޕޯޓުތައް އަޅަން ޖެހޭ ތަންތަން މިހާރު ދެނެގަނެވިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް