Advertisement
ކ. މާލެ
|
1 ޑިސެންބަރ 2019 | އާދީއްތަ 17:36
މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު
މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު
ސިމާހާ ނަސީމް
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު
މާފަރަށް މޯލްޑިވިއަންގެ ދަތުރުތައް ފަށާ، އެއަރޕޯޓު ރަސްމީކޮށް ހުޅުވައިފި
އަބޫދާބީ ފަންޑުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 60 މިލިއަން ޑޮލަރުން އެއަރޕޯޓް މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ

ނ. މާފަރަށް ގައުމީ އެއަރލައިން މޯލްޑިވިއަންގެ ދަތުރުތައް ފަށާ، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

އާދީއްތަ ދުވަހުގެ ހަވީރު އެއަރޕޯޓު ހުޅުވާފައިވާއިރު އެއްކޮޅު ޓިކެޓެއްގެ އަގަކީ 750ރ. ކަމަށާއި މިހާރު ޓިކެޓް ގަނެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެފަވެއެވެ.

އަބޫދާބީ ފަންޑުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 60 މިލިއަން ޑޮލަރުން ހެދި މި އެއަރ ޕޯޓްގައި އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއަރ ބަސް އޭ 320 އާއި، ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭނެއެވެ.

Advertisement

މާފަރުގައި އިންޓަނޭޝަނަލް އެއަރޕޯޓު ހެދުމަށް ޓަފް ކުންފުންޏާ ޙަވާލު ކުރީ ޑިސެމްބަރު 24، 2017 ގައެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 28 ގައި މާފަރު އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނުނިމެނީސް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވަނީ ހުޅުއްވައި ދެއްވާފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެއަރޕޯޓްގެ މަސައްކަތް ނިންމުމަށް ޓަފް ކުންފުންޏާއި ޙަވާލު ކުރި ނަމަވެސް މަސައްކަތް ނިންމާފައެއް ނުވެއެވެ. އެ މަސައްކަތް ނިންމަން އެއްބަސްވި ތާރީޚުގައި މަސައްކަތް ނުނިންމާ ބީލަން ކާމިޔާބު ކުރުމުގައި އޮޅުވާލުމާއި ސަބް ކޮންޓްރެކްޓަރުން ލައްވައި މަސައްކަތް ކުރުވުމަށްފަހު އެމީހުންނަށް ދޭން ޖެހޭ އެތައް ފައިސާއެއް ނުދީ އޮތްކަން ވަނީ އެނގިފައެވެ. އަދި އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ދަނީ ތަހުޤީޤު ކުރަމުންނެވެ.

މާފަރު އިންޓަނޭޝަނަލް އެއަރޕޯޓު ހުޅުވުމާއެކު އިންޓަނޭޝަނަލް ދަތުރުތައް ވެސް އެ އެއަރޕޯޓަށް ފަށާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް